ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހެޅީ ޑރ. މުހައްމަދު އާތިފެވެ. ޑރ. އާތިފަކީ ބަންގްލަދޭޝްގައި 2017 ވަނަ އަހަރުގެ ތެރޭގައި މަރުވި ރައުދާ އާތިފްގެ ބައްޕައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑރ. އާތިފް ވިދާޅުވީ މި ޕާޓީގެ އިސް ސަފުން މިހާރު ރާއްޖޭގެ އެއްވެސް ފުންނާބު އުސް ސިޔާސީ މީހަކު ނުފެންނާނެ ކަމަށާއި، މިއީ ތައުލީމީ ބަޔަކު އިސްވެ އުފައްދާ ޕާޓީއެއް ކަމަށެވެ.

ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވާއިރު، ޕާޓީ ރަޖިސްޓްރީކޮށްދެނީ 3000 މީހުންގެ ސޮއި ހަމަކުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން