ފުލުހަކަށް އަނިޔާކޮށް، މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ޏ. ފުވައްމުލައް، ދަޑިމަގު، ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ފުލުހުން ބުނީ މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުން ދަނީ ހުޅުމާލޭގައި މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކާ ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާ ގުޅިގެންކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްވެސް އެބައޮތްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއްވެސް އެބައޮތްކަމަށެވެ.

މުޙައްމަދު އަންސާމް އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ފުލުހުން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން