ރާއްޖޭގެ ޤައުމީ ދަތުރުފަތުރުގެ ނިޒާމު ފުރިހަމަކޮށް މުޅި ރާއްޖެ މިނިޒާމުން ގުޅާލުމަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިހާރު މިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މިނިޒާމު ޤާއިމުކޮށް ނިމުމަކާ ގާތަށް ގޮސްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ އިސްކަމެއް ދެއްވާ އެއް މަޝްރޫޢުވެސް މެއެވެ. މި މަޝްރޫޢުގެ މަސައްކަތާއި ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.

މިހާރު ވަނީ މިމަޝްރޫޢުގެދަށުން އާރުޓީއެލްގެ ޚިދުމަތް ހއ، ހދ، ށ އަދި ޅ އަތޮޅުގައި ފަށައި ހިންގަން ފަށާފައެވެ. އެއީ ޖުމްލަ 46 ރަށެއް ފެރީގެ ނިޒާމުން ގުޅާލުމާއެކުއެވެ.

އެމްޓީސީސީން މިހާރު ވަނީ ޖުމުލަ 19 ރަށް އޮންނަ ހުވަދު އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާފައެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ހުވަދުއަތޮޅު އުތުރުބުރީއާއި ދެކުނުބުރީގައި މިއަދު ވަނީ ފަށާފައެވެ. ޖުމުލަ ހަ ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކުގައި އަދި އެއްވެސް އަގެއް ނުނަގައެވެ. ދަތުރުތަކުގައި އަގު ނަގަން ނިންމާފައިވަނީ 20 ޖުލައި 2023އިން ފެށިގެންނެވެ. ޕްލޭނިން މިނިސްޓްރީން ވަނީ، އަހުލުވެރިކުރުމުގެ ދަތުރުތަކުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ރަށެއްގެ ކައުންސިލާ ގުޅުމަށް އެދިފައެވެ.



ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު 6 ސްޕީޑް ފެރީ ބޭނުންކުރެއެވެ. ޚިދުމަތް ފުރިހަމަވާއިރު ޖުމްލަ 9 ފެރީ ބޭނުންކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ހުވަދޫ އަތޮޅުގައި މި ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން