މަރިޔަމް ލަމްޙާ ރަޝީދު   27 ޖުލައި 2023 - 12:25
ސިކުނޑީގެ ދުޅަހެޔޮކަމަށާއި ވިސްނުން ތޫނުކުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމުކަމެކެެވެ.
ސިކުނޑީގެ ދުޅަހެޔޮކަމަށާއި ވިސްނުން ތޫނުކުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމުކަމެކެެވެ.
ވަރުބަލިވެ މުސްކުޅި އުމުރަށް އެޅުމުން ސިކުނޑިއާއި ވިސްނުމަށް ބަދަލު އާދެއެވެ. އުމުރުން ދުވަސްވާވަރަކަށް ވިސްނުން ކޮށިވާންފަށައި ސިކުނޑިއަށް އަންނަ ބަދަލަށް ކުއްލި ހައްލެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން ވިދާޅުވަނީ ކެއުމުގައި މޭވާއާއި ތަރުކާރީ، ބަދަނުގެ ބާވަތްތައް އަދި މަހުގެ ބާވަތްތައް ބޭނުންކުރުމަކީ އުމުރާއި ގުޅިގެން ސިކުނޑީގެ ދުޅަހެޔޮކަމަށާއި ވިސްނުމުގެ ތޫނުފިލިކަމަށް އަންނަ މިފަދަ ބަދަލުތައް ލަސްކުރެވިގެންދާނެ ކަމެއް ކަމުގައެވެ. އަދި ހެދިބޮޑުވަމުން އަންނަ ކުދިންގެ ސިކުނޑިތަކާއި އެކުދިންގެ ސިކުނޑީގެ ތޫނުފިލިކަމަށްވެސް މިބާވަތްތަކުގެ ކެއުން ބޭނުންކުރުން ނުހަނު މުހިންމެވެ.

1. ބެރީސް

ސްޓްރޯ ބެރީއާއި ބްލެކްބެރީ އަދި ބްލޫ ބެރީފަދަ ބާވަތްތަކަކީ އުމުރާއި ގުޅިގެން ސިކުނޑީގެ ސެލްތައް ޑިޖެނެރޭޓް ނުވަތަ ބަލިކަށިވެ މަރުވުމުން ރައްކާތެރިކޮށްދޭ ބާވަތްތަކެކެވެ. އަދި މިއީ ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭ، ވިސްނުމުގެ ބާރު ވަރުގަދަކޮށްދޭވެސް ބާވަތްތަކެކެވެ.

2. ބިހުގެ ގޮބޮޅި

ބިހުގެ ގޮބޮޅިއަކީ ވިޓަމިން ބީ6 އަދި ބީ12 އާއި ފޯލޭޓްއާއި ކޯލައިން ފަދަ މީހާގެ މޫޑު ރަނގަޅުކޮށްދޭ އަދި ވިސްނުމުގެ ބާރު އިތުރުކޮށްދޭ ބައެކެވެ. އެހެންކަމުން، ބިހުގެ ގޮބޮޅި ކެއުން މަނާކުރާފަދަ ސަބަބެއް ނެތްނަމަ، ބިހުގެ ގޮބޮޅި ނުކައި ދޫކޮށްނުލާށެވެ.

3. މަސް

މަހުގެ ބާވަތްތަކުގެ ތެރެއިން ސިކުނޑީގެ ދުޅަހެޔޮކަމަށް އެންމެ މުހިންމީ އޮމެގާ-3 ފެޓީ އެސިޑް ހިމެނޭ ބާވަތްތަކެވެ. މިގޮތުން ސޭމަންއާއި ކަނޑުމަހުގެ ބާވަތްތަކަކީ ތޫނުފުލިކޮށްދީ ނާވް ސެލްތައް އުފެދުމަށް އެހީތެރިވެދޭ މިމާއްދާ އެންމެ ގިނައިން އެކުލެވޭ ބާވަތްތަކެވެ.

4. ބަދަނުގެ ބާވަތްތައް

ބަދަލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވޯލްނަޓާއި އާމަންޑަކީ ސިކުނޑީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވިޓަމިންއާއި މިނަރަލް އަދި ފެޓީ އެސިޑް އެކުލެވިގެންވާ ބާވަތްތަކެކެވެ. މިއީ ޑިޕްރެޝަންއާއި މޫޑަށް އަންނަ ނޭދެވޭ ބަދަލުތަކުންވެސް ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭ އަދި އުނގެނުމަށް ބޭނުންވާ ސަމާލުކަމާއި ސިކުނޑީގެ މަސައްކަތްތައް ވަރުގަދަކޮށްދޭ ބާވަތްތަކެކެވެ.

5. ބީޓް ރޫޓް

ބީޓް ރޫޓްގައި އެންޓި އިންފްލެމޭޓަރީ ބާވަތްތަކާއި ޤުދުރަތީ ނައިޓްރޭޓްސް ގެ މާއްދާތައް އެކުލެވިފައިވެއެވެ. މިއީ ސިކުނޑީގައި ލޭދައުރުމުން އިތުރުކޮށްދޭ މާއްދާތަކެކެވެ. އަދި މީގެ ސަބަބުން ވިސްނުމުގެ ތޫނުފިލިކަން އިތުރުވެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން