އެއްވެސް ކެމެއްގެ އާދައެއް ގައިގައި ހަރުލައިފިނަމަ އެކަމެއް ހުއްޓާލުމަކީ ބައެއް މީހުންނަށް ވަރަށް އުދަގޫކަމެކެވެ. އެހެންނަމެސް އެއްބައިމީހުންނަށް މީ އެހާ އުނދަގޫކަމެއްވެސް ނޫނެވެ. ނިޔަފަތިކާން ފެށެނީ ކުޑައިރުގައި މާބޮޑަށް ފޫހިވެ ސްޓްރެސް ވުމުން އަނގަޔަށް އަތްލެވުމުގެ ތެރޭގައެވެ. ބޮޑުވަމުންއައިވަރަކަށް މިކަން އާދަޔަކަށްވެ އެންމެފަހުން ބޮޑުމީހަކަށް މީހާވެގެންދާއިރުވެސް ބައެއް މީހުންނަށް ނިފަތިކެއުމުގެ އާދަ ހުއްޓައެއް ނުލެވެއެވެ.

އާއްމުގޮތެއްގައި މިނޭދެވޭ އާދަ ފެށެނީ އުމުރުން 4 އާއި 6 އަހަރާއި ދެމެދުއެވެ. އަންހެން ކުދިންނަށް ވުރެ ގިނައިން ނިޔަފަތިކެއުމުގެ އާދަ ފިރިހެން ކުދިންގެ ކިބައިން ފެންނަކަމަށް ހެލްތުލައިން އޮންލައިން ނިއުސްގައި ރިޕޯޓްކުރެވިފައިވެއެވެ.

ނިޔަފަތިކެއުމަކީ އެހައިބޮޑުކަމަކަށް ތިބާއަށް އިހުސާސްނުކުރެވިދާނެއެވެ. އެހެންނަމަވެސް ހަމުގެ ޚާއްސަ ޑޮކްޓަރުން ވިދާޅުވާގޮތުގައި މިކަމުގެ ސަބަބުން ސީރިއަސް ޞިއްޙީ މައްސަލަތަކެއް ދިމާވެދާނެއެވެ. މީގެތެރޭގައި ހިމެނޭ ބައެއްކަންކަމަކީ އިންފެކްޝަން އުފެދުމާއި ނިޔަފަތި އުފެއްދުމަށް ބޭނުންވާ ހަމުގެ 'ސްކިން ޓިޝޫ' ހަލާކުވުމާއި އަތުން ހަށިގަނޑަށް ޖަރާސީމު ވާސިލްވެ އަވަސްއަވަހަށް ބަލިވުމާއި ދަތްތައް ހަލާކުވުންފަދަ ކަންކަމެވެ.



ނިޔަފަތި ކެއުމުން ދުރުހެލިވާނީ ކިހިނެއް؟



1. ކުރުކޮށް ބެހެއްޓުން:

އެންމެ ފަސޭހަގޮތަކީ އަބަދުވެސް ނިޔަފަތިތައް ކުރުކޮށް ބެހެއްޓުމެވެ. އޭރުން ހަފާނެ އެއްޗެއް ނޯންނާނެއެވެ. އަދި ނިފަތީގައި ހަފާނެ އެއްޗެއް ނެތްނަމަ ނިޔަފަތި ކާހިތްނުވާނެއެވެ. ނިޔަފަތިކުރުކޮށް ބެހެއްޓުމަށްޓަކައި ޤަވައިދުން ނިޔަފައި ކަނޑައި ރީތިކޮށް ބަހައްޓަންވާނެއެވެ.

2. މެނިކިއުރ:

ރީތިކޮށް ނިޔަފަތިތައް ހާދާލައި ސާފުކޮށްލާފައި ހުރުމުން ނިޔަފަތިތައް ދަތުން ކަނޑައި ހަޑިކޮށްލަން ބޭނުންނުވާނެއެވެ. އަނގަޔަށް ލާން ބަލާއިރުވެސް ނިޔަފަތިތައް ރީތިވުމުން، ހަޑިނުކޮށް ގެންގުޅެން ޝައުޤުވެރިވެ އަނގަޔަށް ލުން ހުއްޓިދާނެއެވެ.

3. ހިތި ރަހަލާއެއްޗެއް ނިޔަފަތީގައި ހޭކުން:

ބައެއް މީހުން ކުދިންނަށް ގާތުން ދިނުން ހުއްޓުވުމަށާއި ތުންގަނޑުޖެހުން ހުއްޓުވުމަށް ހަބަރު އުނގުޅައެވެ. ހަމަމިގޮތަށް އަނގަޔަށް އަތްލެވޭނަމަ ނިޔަފަތީގައި ހަބަރު ފަދަ އެއްޗެއް އުނގުޅާށެވެ. އޭރުން ނޭނގި އަނގަޔަށް ލެވުމުން ނުބައި ރަހަ ލުމުން މިއާދަ ކެނޑުމަށް އެހީތެރިވެދޭނެއެވެ.

4. މިހުރިހާ ކަމެއްގައި ޤާއިމްވެހުރުން:

އެއްދުވަސް ދެދުވަހުން އާދައެއް ހުއްޓިދާނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އާއްމުކޮށް މީހެއްގެ އާދައެއް ހަރުލެއްވުމަށް ނުވަތަ ހުއްޓުވުމަށްވެސް 21 ދުވަސް ބޭނުންވާކަމަށް މެކްސްވެލް މަލްޓްސް ކިޔާ ނަފްސާނީ އިލްމުވެރިޔަކު 'ދަ ނިއު ސައިކޯ ސައިބަނެޓިކްސް' ކިޔާ 1960 ގެ ފޮތެއްގައި ޝާއިއުކޮށްފައިވެއެވެ. އެހެންކަމުން ނިޔަފަތިކެނޑުމާއި ރީތިކޮށް ބެހެއްޓުމާއި ބޭނުންޖެހޭނަމަ ހަބަރު ހޭކުން ތިޔަ އާދަކެނޑެންދެން ނުހުއްޓައި ކުރިއަށް ގެންދާށެވެ.



ރީތި ނިޔަފަތިތަކެއް ބޭނުންނަމަ ސާމާލުކަންދޭންވީ ކަންތައްތައް

- އަބަދުވެސް ސާފުކޮށް ހިއްކާފައި ނިޔަފަތިތައް ބެހެއްޓުން:

ތެތްކޮށް ހުންނަނަމަ ނިޔަފަތިތަކުގެ ދަށުގައި ބެކްޓީރިއާ އާލާވެ އިންފެކްޝަން އުފެދުމަށް މަގުފަހިވެދެއެވެ. އަދި އަބަދުހެން ތެތްކޮށް ހުންނަނަމަ ނިޔަފަތި ފަޅައިންގެން ދިއުން އެކަށީގެންވެއެވެ.

- ދޮންނަން ބޭނުންކުރާ ކެމިކަލްތަކަށް ރައްކާތެރިވުން؛ ތަށި ދޮންނަ އިރުގައާއި ފާޚާނާ ސާފުކުރުންފަދަ ކެމިކަލް ތަކަށް ހަންގަނޑު ހުށަހެޅޭފަދަ ހާލަތްތަކުގައި ރަބަރު އަންގި ބޭނުންކުރަންވާނެއެވެ.

- ނިޔަފަތިތަކުގެ ކަން ވައްކޮށް ކެނޑުން؛

ކަން ވަށްކޮށް ކެނޑުމުން ގެންގުޅޭ ތަކެތީގައި ނިޔަފަތި އެޅުންފަދަ ކަންކަމުން ސަލާމަތްވާނެއެވެ. އަދި ރީތިކޮށް ނިޔަފަތިތައް ހުރުމަށް އެހީތެރިވެދޭނެއެވެ.

- އަބަދުވެސް މޮއިސްޗަރައިޒްކުރުން؛

އަތްތިލަ އަބަދުމެ މޮއިސްޗަރައިޒްކުރުމުން ހަންގަނޑު ރީތިކޮށް މަޑުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

- ނެއިލް ޕޮލިޝްއާއި ރިމޫވާތައް މާގިނައިން ބޭނުންނުކުރުން؛ މިތަކެތި ބޭނުންކުރަން ޖެހޭނަމަ އެސްޓޯން ފްރީ ބާވަތްތައް ޚިޔާރުކުރާށެވެ. މާބޮޑަށް ކެމިކަލް ގަދަ ތަކެއްޗަކީ ހަނގަނޑަށް ކެމިކަލް އެބްޒޯބްކުރުވާނެ ޕްރޮޑަކްޓްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން