އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އަނިޔާ ކުރުމުގެ މައްސަލައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް ޔުނައިޓެޑްގެ ފުޓްބޯޅަ ކުޅުންތެރިޔާ އެންތޮނީގެ މައްޗަށް އިތުރު ތުހުމަތެއް ކޮށްފިއެވެ. އެގޮތުން، ލާނާ އިންގްރިޑް ނަމަކަށް ކިޔާ އަންހެނަކު ވަނީ އެންތޮނީ އޭނާއަށް ގަދަކަމުން ބޮސްދިން ކަމަށް ތުހުމަތު ކޮށްފައެވެ.
އެންތޮނީ ވަނީ މި ތުހުމަތުތައް ދޮގުކުރުމަށް މެސެޖްތަކެއްގެ ސްކްރީންޝޮޓެއް ދައްކާލާފައެވެ. އެހެން ނަމަވެސް، އިންގްރިޑް ބުނީ އޭނާއަށް ބޮސްދީފައިވަނީ ގަދަކަމުން ކަމަށާއި އެ މެސެޖްތަކަކީ އެންތޮނީ އެޑިޓްކޮށްފައި އޮޅުވާލަން ވެގެން ދައްކާ މެސެޖްތަކެއް ކަަމަށެވެ. އެންތޮނީ ބުނީ އިންގްރިޑަކީ މަކަރުވެރި މީހެއް ކަމަށެވެ. އެހެން ނަަމަވެސް، އިންގްރިޑް ބުނީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ދައްކާފައިވާ ބައެއް ވާހަކަތައް އެންތޮނީ ވަނީ އެޑިޓްކޮށްފައި ހަގީގަތް އޮޅޭ ގޮތަށް ހާމަކޮށްފައި ކަމަށެވެ.
އުމުރުން 23 އަހަރުގެ އެންތޮނީގެ ކުރީގެ ލޯބިވެރިޔާ ގެބްރިއޭލް ބުނާ ގޮތުންނަމަ އެންތޮނީ ވަނީ 4 ފަހަރު މަތިން އޭނާއަށް އަނިޔާކޮށްފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން ޔުނައިޓެޑުން އެންތޮނީ ސަސްޕެންޑް ނުކުރިޔަސް، އޭނާއަށް ވަނީ ކޯޓު މައްސަަލައަށް ވަގުތު ދިނުމުގެ ގޮތުން މުސާރަ ލިބޭ އުސޫލުން ކުޅުމާއި ދުރަށް ދާން އަންގާފައެވެ.
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ހޮނިހިރު ދުވަހުގައި ބޮލީވިއާއާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗްގެ ސްކޮޑުން އެންތޮނީ އުނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު