އިއްތިހާދް އެއާވޭސްގެ ބްރޭންޑް އެމްބެސެޑެރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.
ކެޓްރީނާ ވަނީ 2010 ވަނަ އަހަރުގައި އިއްތިހާދު އެއާވޭސްގެ އިޝްތިހާރެއް ކުޅެދީފައެވެ. ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މިފަހަރު ކެޓްރީނާ ވަނީ މި އެއާލައިންގެ އެކި އިޝްތިހާރު ވީޑިއޯތަކުގައި މަސައްކަތްކުރަން އެއްބަސްވެފައެވެ.
އިއްތިހާދުން ވަނީ ކެޓްރީނާ ކުޅެފައިވާ އިޝްތިހާރު ވީޑިއޯ ސިލްސިލާގެ ފުރަތަމަ ބައިވެސް ދައްކާލާފައެވެ.
އިއްތިހާދުން ކެޓްރީނާއަށް މި މަގާމް ދިނީ އެ ކުންފުނިން ބައިނަލްއަގްވާމީ މާކެޓްގައި އިތުރަށް އިޝްތިހާރުވުމުގެ އިތުރަށް އިންޑިއާ މާކެޓްގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.
ކެޓްރީނާ ބުނީ ވޯލްޑް ކްލާސް އެއާލައިންއެއްގެ އެމްބެސެޑަރކަން ލިބުނީމަ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު