ދާދި ފަހުން ލީބްޔާއަށް އެރި ތޫފާނު "ދާނިއަލް"ގައި މަރުވި މީހުންގެ އަދަދު 11،300 އަށް އަރައި މަރުވެފައިވާ އެތައް މީހުންގެ ހަށިތައް ކަނޑުން ފެންނަމުންދާ ކަމަށް އދ. އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ.

މި ކާރިސާގައި ގެއްލުނު މީޙުން ހޯދަމުންދާއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އދ. އިން ބުނެއެވެ. އެގޮތުން، ދަރްނާ ސަރަހައްދުން 10،000 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާއި ގުޅުންހުރި އިދާރާއިން ރިޕޯޓްކޮށްފައިވެއެވެ.



އެކި ސަރަހައްދުތަކަށް ބެހިގެން ގޮސްފައިވާ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.

މި ކާރިސާ ހިނގަން މެދުވެރިވީ ލީބްޔާގެ ދަރްނާ ސަރަހައްދަށް އެރި ތޫފާނުގައި އެސަރަހައްދުގެ ޑޭމްއަކަށް ގެއްލުންވުމާއި ގުޅިގެންނެވެ. އެ ސަރަހައްދުގައި 125،000 މީހުން ދިރިއުޅެއެވެ. ތޫފާން ދާނިއަލް އެރުމާއިއެކު، އެ ސަރަހައްދުގެ އިމާރާތްތަކަށާއި މަގުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެކި ސަރަހައްދަށް ބެހިގެން ގޮސްފައިވާ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަން ވަރަށް ދައްޗެވެ. މިކަމާއި ގުޅޭގޮތުން އދ. އިން ބުނީ މަރުވެފައިވާ މީހުންގެ ހަށިތައް ނައްތާލުމުގެ މަސައްކަތް ލަސްވެއްޖެ ނަމަ، ސިއްހީ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން