ރާޔާ ރިޟާ   18 ސެޕްޓެމްބަރު 2023 - 15:22
ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް
މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 01:00 ގެ ނިޔަލަށް ބޯކޮށް ވާރޭވެހި ގުގުރުމާއިއެކު ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ހަމައެއާއިއެކު، ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކަނޑުގަދަ ދުވަސްތަކުގައި ހިނގާ ބައެއް ހާދިސާތަކުން ސަލާމަތްވުމަށް ކަނޑު ދަތުރުފަތުރު ނުކުރުމަށް ކޯސްޓް ގާޑުންވެސް އިލްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން