މީގެކުރިން އެމްއެންޑީއެފުން އަތުލައިގަތް ބޭރުގެ މަސްބޯޓެއް
މީގެކުރިން އެމްއެންޑީއެފުން އަތުލައިގަތް ބޭރުގެ މަސްބޯޓެއް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓަކީ ސްރީލަންކާގެ މަސް ބޯޓެއް ކަމަށާއި އެ އުޅަނދު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އިއްޔެވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ބޭރުގެ 4 ބޯޓެއް ގެންގޮސްފައި ވާއިރު އެ 4 ބޯޓަކީވެސް ލަންކާގެ ބޯޓުތަކެވެ. މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން