ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 490 ގްރާމުގެ މަސްތުވާތަކެތި އަތުލާގަނެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަނެވިފައި ވަނީ ކުރިއަރ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ގެނައި ޕާރުސަލެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބާވަތެއް ހުރިކަމަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން، މިދިޔަ މަހުގެ 4 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ފާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް އެތަކެތި ޕޮޒިޓިވްވެފައިވާ ކަމުގައި އެ މުއައްސަސާއިން ބުނެފައި ވެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު ތަކެތި ފުލުހުންނާއި ހަވާލުކުރުމަށްފަހު މިހާރު ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމުގައި ކަސްޓަމްސްއިން މައުލޫމާތުދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން