ޒަހީނުއްދީން ސަޢީދު   29 ސެޕްޓެމްބަރު 2023 - 17:29
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިިވަނީ މާލޭގައި ބާއްްވާ ހާއްސަ ހިނގާލުމަކުން ކަަމަށް އެކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނީ އެ ކޯލިޝަނުން އިންތިޒާމުކުރާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައި ޕީޕީއެމް އޮޕީސް ކުރިމަތިން ކަމަށެވެެ. މި ހިނގާލުމުގައި ޑރ. މުއިއްޒުގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެއެވެ.

މިހިނގާލުމަކީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ހިނގާލުމަކަށްވާތީ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެވޭނީ މިއަދު ހަވީރު ހައެއް ޖެހުމާއި ހަމައަށެވެ. މިއަދު ހަވީރު ހަޔަކުން ފެށިގެން މާދަމާ އިރުއޮއްސި ހައެއްގެ ނިޔަލަށް ކެމްޕެއިން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން