ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ޖަލްސާގައި ދެއްކެވި ވާހަަކަފުޅުގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ނިޒާމީ ވޯޓަކަށް ގޮސްފިނަމަ ރިޔާސީ ނިޒާމަށް ތާއިދު ހޯދަން އެމަނިކުފާނު އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާ ބަރުލަމާނީ ނިޒާމްގައި ވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށެެވެ.

"އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމާއެކު. ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ ދަންނަވަން." ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން