ރްވާންޑާގެ ފިރިހެނަކު އަންހެނުން ދެކެ ގަންނަ ބިރަކުން ގެއިން ބޭރަށް ނުނިކުންނަތާ 55 އަހަރުވެއްޖެ ކަމަށް އެފްރިކާގެ ނޫހަކުން ރިޕޯޓްކޮށްފިއެވެ.

ކަލިޓްޒޭ ޒަމްވިޓާ ނަމަކަށް ކިޔާ މި ފިރިހެންމީހާގެ މިހާރުގެ އުމުރަކީ 71 އަހަރެވެ. އޭނާ ވަނީ އަންހެންވެރިން ދެކެ ބިރުގަންނަ ވަރުން ގޭގެ ބޭރުގައިވަށާ ފެންސްތައް ޖަހާފައެވެ. އަދި އޭނާ ދިރިއުޅޭ ކުޑަކުޑަ ގޭގެ ތެރެއަށް އެއްވެސް އަންހެނަކު ވަނުން މަނާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އޭނާ އެންމެ ފުރަތަމަ އެކަހެރިކޮށް ދިރިއުޅެން ފެށީ އުމުރުން 16 އަހަރުން ފެށިގެނެވެ.

ޒަމްވިޓާ އަންހެނުން ދެކެ ބިރުގަތަސް، އޭނާގެ ގޭގެ ވަށައިގެންވާ 15 ފޫޓް ފެންސް މަތިން އަންހެނުންތަކެއް ކޮންމެދުވަހަކުވެސް ކާން ބޭނުންވާ ސާމާނާއި އަންނައުނު އެގޭތެރެއަށް އަޅާ ހަދައެވެ.

އަންހެނުން ދެކެ ބިރުގަތަސް، އަވަށްޓެރި އަންހެންމީހާގެ އެހީ ހޯދުމަށް ޒަމްވިޓާ ދެކޮޅެއް ނުހަދައެވެ. އެހެން ނަމަވެސް، އެމީހުން އޭނާއަށް އެހީވާން އުޅުނަސް، ވާހަކަނުދައްކާ ކަމަށް އޭނާގެ އަވަށްޓެރިއެއް މަޢުލޫމާތު ދީފައިވެއެވެ.

"އޭނާ އަހަރެމެންނަކާ ގާތެއް ނުވޭ، އެކަމަކު އަހަރެމެން އުކާ އެއްޗެއް ދުރުން ނަގަނީ" އަވަށްޓެރި އަންހެންމީހާ ބުނެފައި ވެއެވެ.

އަދި ޒަމްވިޓާ ގެއިން ބޭރަށް ނިކުންނަނީ ވަރަށް މަދު ފަހަރެއްގައި ކަމަށްވެސް އެ އަންހެންމީހާ ބުނެފައި ވެއެވެ.

ޒަމްވިޓާ މިގޮތަށް ދިރިއުޅެނީ އޭނާއަށް ޖެހިފައިވާ ނަފްސާނީ ބައްޔަކާއި ގުޅިގެންނެވެ.

ގައިނޮފޯބިއާއަކީ ފަރުވާ ނުދެވުނިއްޔާ އަންހެނުން ދެކެ ބިރުގަތުމުގެ ޙާލަތު ގޯސްވާ ނަފްސާނީ ބައްޔެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން