ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ފިޔަވައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން މިއަދު އަލުން ތަރުތީބު ކުރަށްވައިފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތަރުތީބު އަލުން ކަނޑައަޅައި އިއުލާނުކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ލިސްޓު ތަރުތީބު ކުރަށްވާފައިވަނީ މަޖިލީހުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ޚިދުމަތުގެ މުއްދަތަށް އިސްކަންދީގެންނެވެ.

މަޖިލީހުން މިއަދު އިޢުލާނުކުރެއްވި ފަސް މެންބަރުންނަކީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރެވެ.

މިއަދު އަލަށް އިއުލާނުކުރި ލިިސްޓުގައި މީގެ ކުރިން ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ލިސްޓުގެ އެއް ވަނައިގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެ ވަނައިގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައި ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން