ޑޮކްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
ޑޮކްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ބޮޑުވެ އެންމެން ގެއިން ނުނުކުމެ ގޭގައި ތިބުމަށް ރާއްޖޭގެ ޞިއްޙީ އިދާރާއިން އެންގުމުން އެކަންވެސް ރާއްޖޭގެ ބައެއް ބޮޑުންނަށް ވީ ވަރަށް ބޮޑު މަޖާ ގަނޑަކަށެވެ. ގޭގައި ތިބެ ފޫހިވާތީ ވަގުތު ދުއްވާލަން ފެށީ މާ ފައްކާ ކަމެކެވެ. ރައްޔިތުން ހިތްދަތި ކަމާއި ބިރުވެރިކަމުގައި ތިއްބާ މިވެރިން ފެށީ ވަރުގަދަ މުބާރާތެކެވެ. އެވެރިން މިއަށް ކިޔަނީ "ސްޓޭ އެޓް ހޯމް ޗެލެންޖު" އެވެ.

މި މުބާރާތުގައި ނޫނީ މި ޗެލެންޖުގައި ކުރަން ޖެހޭ ކަމަކީ "ގުއިފޮހޭ" ޓިޝޫ ރޯލެއް ފައިން ކޮންޓްރޯލް ކޮށް ސަޅި ގޮތަކަށް ޖަހާލުމެވެ. ޓްވިޓަރގައި ހިންގާ މި ޗެލެންޖް ބައެއް މީހުންނަށް ނިކަން މަޖާ ކަމަކަށް ވެއްޖެއެވެ. މި ޗެލެންޖުގައި ގިނައިން ފެންނަނީ ސަރުކާރުގެ އިސް ބޭބޭ ފުޅުންނާއި މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނެވެ. މި ޗެލެންޖުގައި ގުއިފޮހޭ ކަރުދާސް ރޯލު ފައިން ކޮންޓްރޯލް ކޮށްލައްވާ ހުނަރު ދައްކަވާ ލެއްވުމުގައި އެންމެ ފުރަތަމަ ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންގެ ޒުވާން ޔޫތު މިނިސްޓަރ ހިމެނިވަޑައިގަންނަވައެވެ. އެއީ ހަމަ މިފަދަ ކޮންމެ ކަމެއްގައި މިސާލު ދައްކަވާ ދެވަނައެއް ނެތް ނަމޫނާ ވަޒީރެކެވެ. އޭގެފަހަތުން ޓޫރިޒަމް މިނިސްޓަރު އަލީވަހީދެވެ. ޓޫރިޒަމް މިނިސްޓަރ މި ޗެލެންޖުން ފެނުމުން އަޅުގަނޑު ހީކުރީ ރާއްޖޭގެ ފަތުރުވެރިކަން އިނދަޖެހި ރިޒޯޓުތައް މުޅިން ފަޅުވެ އެތައް ބައެއްގެ ވަޒީފާ ގެއްލުނީމާ އެމީހުންގެ އެ ހާސްކަން ކަނޑުވާލަދޭން އެމީހުންވެސް މި ޗެލެންޖުގައި މިނިސްޓަރުގެ ފަހަތުން ބައިވެރި ވާނެ ކަމަށެވެ.

މިހެން ގޮސް މަޖިލީހުގައި އެންމެ ނަން މަޝްހޫރު އެމްޑީޕީގެ ބައެއް މެންބަރުންނާއި ހަމައިން މި ޗެލެންޖުގެ ކަންކަން ނިމިދާނެ ކަމަށް ހީކޮށްގެން ހުއްޓާ ދެން ފެނުނީ ޗެލެންޖުގެ ކުޅިވަރު އިހުނަށްވުރެ ގަދަވި ތަނެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހިސާބަށް މިކަން ދިޔައީމާ މިއީ ސަހަލަ ކުޅިވަރެއް ނޫންކަން ކަށަވަަރު ވެއްޖެއެވެ. ތިޔަ ހީފުޅު ކުރެއްވުނީ ހަމަ ރަނގަޅަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަދި މިކަމަށް މާ މޮޅެވެ. އެކަމަކު އެމަނިކުފާނަށް މިފަހަރު ވީ ތަންކޮޅެއް ދެރަ ގޮތެކެވެ. ޖައްސަވަން އުޅުއްވަނިކޮށް ފައިންޕުޅުން އެރުއްވިގެން ނަމަވެސް ވެއްޓިވަޑައިގަތީއެވެ.



އެހާހިސާބުން ޗެލެންޖް ބްރޭކް ވީކަމަށް ހީކޮށް ހުއްޓާ ދެން ފެނުނީ މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރުވެސް ފައިންޕުޅަށް ގުއިފޮހޭ ކަރުދާސް ރޯލު ހެޔޮވަރުކޮށްލައްވާފައި ވަރަށް ސަޅިކޮށް ޖައްސަވާ ލައްވާ ހުނަރު ދައްކަވާލެއްވި ތަނެވެ. ހީވާ ގޮތުން މި ޗެލެންޖު އަދި ނިމޭކަށް ގާތްވެސް ނުވެއެވެ. އަދި އޮތީ ކުރިއަށެވެ.

އެކަމަކު މިފަދަ ޗެލެންޖެއް ކުރާވަރަށް ވުރެ މިއަދު ދިވެހީންގެ ތެރެއިން ގިނަ މީހުން ތިބީ މާ ބިރުންނެވެ. މާ ހިތާމައިގައެވެ. ގިނައީ އެ ބޭފުޅުން އެ ކުޅުއްވަން ނޫނީ ހުނަރު ދައްކަވަން އެ ގެންގުޅުއްވާ ކަރުދާސް ރޯލުވެސް މާދަމާ ގަނެ ނުލެވޭނެ މީހުންނެވެ.

ޤައުމު މިއޮތީ ގޭގައިތިބެ މަޖާކޮށް ހުނަރު ދައްކާ ކުޅި ސަމާ ޖަހާ ފަދަ ހާލަތެއްގައި ކަމާމެދު ގިނަ ބަޔަކު އުފައްދަން ފެށި ސުވާލާއި ގުޅިގެން އެވެރިންގެ ސްޓޭ އެޓް ހޯމް ޗެލެންޖަށް ގޮން ޖައްސަވާލައްވާފައި މިފަހަރު ފާޅުގައި ނުކުމެ ވަޑައިގަންނަވަން ކެރިވަޑައިގެންނެވީ މަޝްހޫރު ދީނީ ޢލްމްވެރިޔާ ޑޮކްޓަރ މުހަންމަދު ޝަހީމު ޢަލީ ސަޢީދަށެވެ. ޝަހީމު ވެސް ފައްޓަވަނީ ޗެލެންޖެކެވެ. އެކަމަކު އެއީ މިވަގުތާ ހާލަތާ ވަރަށް ގުޅޭ ޗެލެންޖެކެވެ. ޝަހީމު ފައްޓަވަނީ ކީރިތި ޤުރުއާން ކިވެމުގެ ޗެލެންޖެކެވެ. ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެކެވެ. ޓްވިޓަރ ގައި ޑޮކްޓަރ ޝަހީމް ވިދާޅުވެފައިވަނީ މިޗެލެންޖް ފައްޓަވާނީ އޭނާ ކަމަށެވެ. މިފަހަރު ކީރިތި ޤުރުއާނުން މުޅި ސޯޝަލް މީޑިޔާ ފުރާލަންވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި މި ޗެލެންޖަށް ޝަހީމް ވަނީ އެންމެންނަށް ވެސް ދަޢުވަތު ދެއްވާފައެވެ.



މިކަމާއި ގުޅިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ވަގުތަކީ ހުނަރު ދައްކަންވީ ވަގުތު ނޫންކަމަށާއި، ޙާލަތު އެއަށްވުރެ ބިރުވެރިކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ އިންސާނީ ޙަޟާރަތު މިވަގުތު ވަނީ ބިރުވެރިކަމެއްގައި ކަމަށެވެ. އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ތިން ޙަރަމްފުޅުވެސް މިވަގުތު ވަނީ ޢާއްމުންނަށް ބަންދުވެފައި ކަމަށާއި، މިއީ މުޅި އިންސާނިއްޔަތާއި، އިސްލާމީ އުންމަތަށްޓަކައި ލޮލުން ކަރުނަ އަޅައި ދުޢާކުރަންވީ ވަގުތު ކަމަށް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.



ޑޮކްޓަރ ޝަހީމުގެ އިތުރުން ޑރ. އައިޝަތު އަލީ ނާޒުވެސް ވަނީ މިކަމާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހޭކަން ހާމަ ކުރައްވާ މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުަރައްވާފައެވެ. އަދި މިއަދު ޓިޝޫ ކަރުދާހަކީ ކިހާ މުހިންމު އެއްޗެއްކަން ވެސް އޭނާ ވިދާޅުވެދެއްވާފައި ވެއެވެ.

ހަގީގަތުގައި މިއީ ދިވެހީންނަށް ވަރަށް ހިތްދަތި، ދަތި ވަގުތެކެވެ. މިފެށިގެން އުޅޭ ރޯގާބަލިމަޑުކަމުގެ ވަބާއިން މިންޖުވާނެ ދުވަހެއް ނޭނގޭތީ ގިނަ މީހުން ތިބީ ކަންބޮޑުވެ ހާސްވެ ގޮތް ހުސްވެފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ މާދަމާވެސް ބަނޑުފުރާނެ މުއްތިކުރާނެ ގޮތެއް ނެތް މީހުންނެވެ. ވިޔަފާރިތައް ހުއްޓި ވަޒީފާތައް ގެއްލި، އަނބި ދަރީން ދަތްދޮޅީގައި އަތްވިދިފައެވެ. މުޅިޤައުމު ބަންދުވެ ރައްޔިތުން ގޭބަންދުގައެވެ. ހަގީގަތުގައި ވެސް މިއީ ހުނަރު ދައްކާން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


21

ޚ

04-Apr-2020

ޥރަނގަ


13

ޜަސްފާ

18-Apr-2020

ބޮޑުންނަށް ކަމުދަނީ އުފަލާ މަޖާ ނިކަމެތިން ބޭނުމީ އައްލާހުގެ ބަސްފުޅުތައް 5ނަމާދު ސުއްނަތް ރޯދަ ޒަކާތް ޝޮދަޤާތް


12

ޢީސާފުޅު

18-Apr-2020

الله اكبر ގިނަގިނައިން ޤުރްއާން ކިޔަވަންވީ... ޖަދަލުކުރުމާއި ބޮޑުބުނުމާއި ކިބުރުވެރިކަމަކީ ދީނީ ޢިލްމުވެރިންގެ ސިފައެއްނޫނެވެ. ޑރ.ޝަހީމަކީ މުސްލިމް ވެރިޔެއްގެ މައްޗަށް ކުއްތާފާކުރެއްވުމަށް ދުޢާކުރި ކަމަށްބުނެ ބޮޑުކަޑާ, ޔާމީނު ހިންގިހާޖަރީމާއަކީ ދީނުގެ ބައެއްކަމުގައި ވިސްނައިދޭން މަސައްކަތްކޮށް 5.ފަނޑިޔާރުންގެ އިއްތިފާޤް ހުކުމަކީ އަނިޔާއެއް ކަމަށްބުނާ ފަސާދަވެރިއެކެވެ. މީސްތަކުންނަށް ޒާތީވެގެން އުޅޭ ތިފަދަ މުޑުދާރު މީހުންގެ ދެއްކުންތެރި ޢަމަލުތައްވެސް ﷲ ބައްލަވާ ވޮޑިގަންނަވާނެއެވެ.


4

ޖައުފަރު

01-Apr-2020

މިކަންވެސް ބަޔަކުމީހުނަށް ކަމަކުނުދޭ. އަންނަ ރުޅީގަ ތިމަންނަ މިތައް އަހަރުއްސުރެ ކޮންމެ ދުވަހަކު ގުރުއާން ކިޔަވަމޭ ކިޔައި އިޝްތިހާރުވެސް ކުރޭ އެބަ. އަޅެ މި ޗެލެންޖްގަ ބައިވެރިވަނީ ދުވަހަކު ގުރުއާން ނުކިޔަވާ މީހުންތަ? ފޫހިފިލުވަން ޓިޝޫ ބޯޅަ ކުޅުނަށްވުރެ ގުތުއާން ކިޔެވުން މާސަޅި. ހަސަދަވާނެ ކަމެއް ނެތް. މިކަހަލަ ވަގުތެއްގަ ފޫހިފިލުވަން މަޖާ ނެގުން ސަޅިއެއް ނޫން.


9

އައިޝާ

31-Mar-2020

މިއިކުއްވަނީ ރައްޔިތުންނަށް މަލާމަތް


7

ހަސަން ސަހުމީ

30-Mar-2020

މާތްﷲ އައްތައުބާވެ ކީރިތި ގުރުވާ ކިޔެވުން އިތުރު ކުރަންވީ ވަގުތު



ޓްރެންޑިން