ނ. މާފަރުގައި ގެނބިގެން ލަންކާ މީހަކު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ހިނގި މިޙާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ލަންކާ ފިރިހެނެކެވެ.
އެމީހާއަކީ މާފަރު އެއާރޕޯޓުގެ ދެވަނަ ފިޔަވައްސަށް ބައެއް ތަކެތި ހިފައިގެން ދިޔަ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވެއެވެ.
މި ޙާދިސާގެ މަޢުލޫމާތު "ރަސް އޮންލައިން"އަށް ޙިއްސާ ކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "މާފަރުގައި ލޭންޑިންގ ކްރާފްޓެއްގައި މަސައްކަތްކުރާ މީހެއް ވަލެއް ނައްޓަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި ގެނބިގެން މާފަރު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ" ކަމަށެވެ.
އެމީހާ މިއަދު ހެނދުނު 7:30 ހާއިރު މާފަރު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި، ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު