ވިލާ ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ ވިލާ މާރޓް 5 ގައި "ޝޮޕް އެންޑް ވިން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރ 15 އިން ފެށިގެން ޖެނުއަރީ 15 ވަނަ ދުވަހާއި ހަމައަށެވެ.

ވިލާ ޓްރޭޑިންގުން ބުނީ ވިލާ މާރޓް 5 ގައި ކުރިއަށްދާނެ މި ޕްރޮމޯޝަންގެ ދަށުން 100 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރައްވައިގެން ކޫޕަނެއް ޙާސިލް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެހަފްތާއެއްގެ ނަސީބު ވެރި ފަރާތް ހޮވާލެވިގެން ދާނެކަމަށެވެ. ކޫޕަން ޙާސިލް ކުރައްވާ ކަސްޓަމަރުންގެ މެދުގައި ނަގާލެވޭ ގުރުއަތުގެ ނަސީބުވެރި ފަރާތައް ވިލާ މާރޓްގެ އެކްސްކްލޫސިވް ޕްރޮޑަކްޓްސް އެކުލެވޭ ހަދިޔާއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.



ވިލާ މާޓު 5 އަކުން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުރިއިރު، ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބެން އެބަހުއްޓެވެ.

މީގެއިތުރުން ވިލާ މާޓު 5 އަކުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓުގެ ހާއްސަ ވެބްސައިޓުންނާއި، މޮަބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކޮއްލުމުން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން، އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ހަމަޖެހިގެންދާނެއެވެ.

ވިލާމާޓުގެ ފަސްވަނަ ފިހާރަ ގާއިމުކޮށްފައިވަނީ ހެންވޭރު ކާސިންޖީ މަގުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން