އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   27 ޖުލައި 2020 - 4:14
ހޮލީވުޑްގެ ނަން މަޟްހޫރް ތަރި އަދި ޑައިރެކްޓަރ، މެލް ގިބްސަން
ހޮލީވުޑްގެ ނަން މަޟްހޫރް ތަރި އަދި ޑައިރެކްޓަރ، މެލް ގިބްސަން
ހޮލީވުޑްގެ ނަން މަޟްހޫރް ތަރި އަދި ޑައިރެކްޓަރ، މެލް ގިބްސަން ކޮވިޑް-19 އިން މުޅިން ރަނގަޅުވެއްޖެއެވެ.

އުމުރުން 64 އަހަރުގެ ގިބްސަން ކޮވިޑަށް ފައްސިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ އޭޕްރިލްމަހުގައެވެ.

ގިބްސަންގެ އެސިސްޓަންޓާއި ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާ އެޑްމިޓްކުރެވިފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. އެތަނުގައި ގިބްސަން އަށް ފަރުވާދެވިފައިވަނީ ރެމެޑެސިވިރް ބޭނުން ކޮށްގެން ކަމަށާއި ނަމަވެސް މިހާރު އޭނާ ރަނގަޅުވެފައިވާކަމަށްވެސް އެސިސްޓަންޓް ބުނެފައި ވެއެވެ.

ރެމެޑެސިވިރްއަކީ މިހާތަނަށް ކޮވިޑް-19އަށް ފަރުވާ ހޯދުމުގައި އެންމެ މަޤުބޫލުކަން ހޯދައިފައިވާ ބޭހެވެ. އެބޭސް ގިބްސަން އަށް ދިނުމަށްފަހު ތަކުރާރުކޮށް ޓެސްޓް ކޮށްފައިވެއެވެ. އެހުރިހާ ޓެސްޓެއްގެ ނަތީޖާވެސް ނައްސިވިކަން އެ ހޮސްޕިޓަލުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

ގިބްސަންގެ އިތުރުންވެސް ހޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންވަނީ މިނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެފައެވެ. އޭގެ ތެރޭގައި ޓޮމް ހޭންކްސްއާއި ރީޓާ ވިލްސަން ފަދަ ތަރިން ހިމެނޭކަން ފާހަގަކޮށް ލެވެއެވެ.

ގިބްސަން ބޮޑަށް މަޟްހޫރުވެފައި ވަނީ 1995ގައި އޭނާ ކުޅު ފިލްމް 'ބްރޭވްހާޓް" އިންނެވެ. އެ ފިލްމަށް އޭނާއަށް ވަނީ އެފަހަރު ގިނަ އަދަދެއްގެ އެވޯޑް ލިބިފައެވެ. ނަމަވަސް 2000 ވަނަ އަހަރުން ފެށިގެން އޭނާގެ ހޮލީވުޑް ކެރިއާ އަށް މެދުކެނޑުމެއްއައެވެ. އޭނާގެ ފިލްމީ ކެރިއަރަށް ބޮޑު ލޮޅުމެއްއައީ މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުންނެވެ. ނަމަވެސް 2006 ވަނަ އަހަރު އޭނާ ވަނީ ދާއިރާގެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކާދޭތެރޭ އޭނާގެ އަމަލުތައް ބެހެޓިފައިވާ ގޮތުން އެންމެންގެ ކިބައިން މަޢާފަށް އެދިފައެވެ. އޭގެފަހުން، މަސްތުވާ އެއްވެސް އެއްޗެއް އޭނާ ބޭނުން ނުކުރާތާ 10 އަހަރު ވެދާނެކަމަށް ގިބްސަންވަނީ 2016 ވަނަ އަހަރު ބުނެފައެވެ.

އޭގެފަހުން، ގިބްސަން ދެވަނަ ފަހަރަށް ފިލްމީކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި އޭނާވަނީ ގިނަ ފިލްމުތައް ކުޅެ އެތައްބައެއްގެ މަޤުބޫލުކަން ހޯދާފައެވެ. ނަތީޖާއެއްގެ ގޮތުން، އޭނާ ވަނީ ދުނިޔޭގެ އެންމެ މަގްބޫލް އެވޯޑުސް ކަމަށްވާ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން