ބާބްރީ މިސްކިތް ތަޅާލުމުގެ ކުރިން ހުރި ގޮތް---
ބާބްރީ މިސްކިތް ތަޅާލުމުގެ ކުރިން ހުރި ގޮތް---
އިންޑިއާގެ ހަރުކަށި ހިންދޫން ނުކުމެ ތަޅާލީ ބާބްރީ މިސްކިތުގެ ބަދަލުގައި ހަދާ މިސްކިތަށް ކީރިތި ރަސޫލާގެ ނަން ފުޅުން ނަން ދޭން ނިންމައިފި އެވެ.

ބާބްރީ މިސްކިތަކީ ހަރުކަށި ފިކުރުގެ ހިންދޫ މީހުން 1992 ވަނަ އަހަރު ތަޅާލީ މިސްކިތެކެވެ. އެ މިސްކިތް ތަޅާލާފައި ވަނީ 200،000 މީހުން އެއްވި އެއްވުމަކުންނެވެ. 451 އަހަރުގެ ދިގު ތާރީޚެއް ލިބިގެންވާ ބާބްރީ މިސްކިތަކީ އިންޑިއާގައި އޮތް މުގަލް ރަސްކަމުގައި އުއްތަރު ޕްރަދޭޝްގެ އަޔޯދްޔާގައި ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތް ތަޅާލުމުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ބޮޑު އަރާރުންވުމެއް އުފެދުނެވެ. ދެ ދީނުގެ މީހުންގެ މެދުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި 2000 މީހުން މަރުވިއެވެ. މީގެ ތެރޭގައި ގިނައީ އިންޑިއާގެ މުސްލިމުންނެވެ. މިއާއެކު ދުނިޔޭގެ އެތައް މުސްލިމުން އެކަމާއި ނުރުހުންވުން ފާޅުކުރިއެވެ.

އެ މިސްކިތް ތަޅާލުމަށް ފަހެ އެ ތަނުގައި ވަނީ ހިންދޫންގެ ފައްޅިއެއް އަޅައިފަ އެވެ. މިދިޔަ ހަފްތާގައި ހުޅުވި އެ ފައްޅިއަކީ ހިންދޫންގެ ރާމް ކަލާނގެ އުފަންވިތަން ކަމަށް ހިންދޫން ބުނެއެވެ.

ބާބްރީ މިސްކިތް ތަޅާލުމަށް ފަހު މިސްކިތެއް އެހެން ސަރަހައްދެއްގައި އަޅަން ނިންމާފައިވާއިރު މިމިސްކިތަށް ކީރިތި ރަސޫލާގެ ނަން ފުޅުން ނަން ދޭން ވަނީ ނިންމާފައެވެ.

ފަސް އޭކަރުގެ ސަރަހައްދުގައި ބިނާ ކުރާ އެ މިސްކިތުގެ ނަމަކަށް ކިޔަން ނިންމާފައި ވަނީ މަސްޖިދުލ މުހައްމަދު އަބްދުﷲ އެވެ. މިސްކިތުގެ ފަސް ގޭޓަށް ދޭން ނިންމާފައި ވަނީ ކީރިތި ރަސޫލާގެ ނަން ފުޅާއި ފުރަތަމަ ހަތަރު ހަލީފާގެ ނަން ފުޅު ތަމްސީލުވާގޮތަށެވެ.

މި މިސްކިތް ބިނާކުރަނީ 9000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއްގެ ގޮތުގައެވެ. އަދި މި މިސްކިތް އެޅުމަށް އެހީތެރިވުމަށް ފަންޑެއް ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން