އަހުމަދު ޔާމިން   30 ޖުލައި 2020 - 17:10
ޙައްޖުވެރިން ގައިދުރުކަމާއެކު ޠަވާފް ކުރުމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކަނީ
ޙައްޖުވެރިން ގައިދުރުކަމާއެކު ޠަވާފް ކުރުމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކަނީ
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން ފުރިހަމަ ކުރުމަށް ޓަކައި އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.

ޢަރަފާގެ ބިމަށް ދިއުމަކީ ހައްޖުގެ އެންމެ މުހިންމު ފަރުޟެވެ. އެ ބިމުގައި، އަޅުކަމުގަ އާއި ޤުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހައްޖުވެރިން ހޭދަކުރެ އެވެ.

ހައްޖުވެރިން އިއްޔެ ހޭދަކުރީ މިނާގައެވެ. އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާނެއެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެއެވެ. މިއަހަރުގެ ހައްޖުގައި ޖަމްރާތަކަށް އުކާހިލަވެސް ހުންނާނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޑިސްއިންފެކްޓް ކޮށް ޕެކެޓްކޮށްފައެވެ. އެނޫން ހިލަ ގެންގުޅުން ވަނީ މަނާކޮށްފައެވެ. އިހުރާމް ކަނޑާނީ ޖަމްރާއަށް ހިލަ އުކުމަށްފަހު އެވެ.

ކޯވިޑް-19 އާއި ގުޅިގެން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީއިން ހުއްދަ ދީފައިވަނީ 10،000 ހައްޖުވެރިންނަށެވެ.

އަރަފާތު ދުވަހަކީ ހައްޖު މަހުގެ ނުވަވަނަ ދުވަހެވެ. އެ ދުވަހަކީ އެތަށް ގޮތަކުން ހާއްސަ ދުވަހެކެވެ. އަދި އެއީ ދަރުމައާއި ސަވާބުން ފުރިގެންވާ ދުވަހެކެވެ. ޢަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ ޙައްޖުވެރީން ނޫން މީހުންނަށް ސުންނަތް ވެގެންވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން