ފ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ކައުންސިލަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ހައްވާ ޢަބްދުލް އަޒީޒު ކާމިޔާބު ކުރައްވައި، އަތޮޅު ކައުންސިލެއްގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވި ފުރަތަމަ އަންހެން ކައުންސިލަރުގެ މަގާމު އޭނާ ހާސިލުކުރަށްވައިފިއެވެ.

މި އިންތިހާބުގައި ހައްވައާ ދެން ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އެ އިންތިހާބުގައި ހައްވައަށް 941 ވޯޓު ލިބުނުއިރު، އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 887 ވޯޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހައްވައަކީ މީގެ ކުރިން އެ އަތޮޅު ކައުންސިލްގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އެ އޮފީހާ ގުޅުނީ 2000 ވަނަ އަހަރުއެވެ.

މި އިންތިހާބުގެ އިތުރުން މިއަދުވަނީ ވ. ފެލިދޫ ކައުންސިލް ރައީސްގެ މަގާމަށް މީހަކު ހޮވުމާއި ރ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އަށް މީހަކު ހޮވުމަށް ވެސް އިންތިހާބު ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން