އައްޑޫސިޓީ ހުޅުދޫގައި ގައިދުރުކަމާއެކު ބޭއްވޭ ކުޑަކުދިންގެ ހަވީރަށް ކަނބަލުންގެ ޕާރކު ތައްޔާރުވެފައި (ފޮޓޯ: ރަފާހް)
އައްޑޫސިޓީ ހުޅުދޫގައި ގައިދުރުކަމާއެކު ބޭއްވޭ ކުޑަކުދިންގެ ހަވީރަށް ކަނބަލުންގެ ޕާރކު ތައްޔާރުވެފައި (ފޮޓޯ: ރަފާހް)
މިބަރަކާތްތެެރި އަޟްޙާ ޢީދުދުވަހުގެ މުނާސަބަތުގައި އައްޑޫސިޓީ ހުޅުދޫގައި މިއަދު ބާއްވާ ކުޑަކުދީންގެ ހަވީރަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަށް ވަމުން އެބަގެންދެއެވެ.

ކޮވިޑް 19 އާގުޅިގެން، އެޗްޕީއޭ އިން ނެރެފައިވާ އާއްމުތަންތަނުގައި އެއްވެއުޅުމުގެ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން، އަޟްހާ ޢީދުގެ މިއުފާވެެރި މުނާސަބާގައި ހުޅުދޫ ކަނބަލުންގެ ޕާކުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޢީދުދުވަހުގެ ހަވީރު 4.00 އިން 6.00 އަށެވެ.

މިހަވީރާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން، މިހަރަކާތް އިންތިޒާމްކުރާ ޖަމިއްޔާ ކަމަށްވާ ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) އިން އެޖަމިއްޔާގެ މެމްބަރު ނާޖިޔާ އިބްރާހިމް ވިދާޅުވީ މި ހަވީރަކީ ޢީދުގެ އުފާވެރިކަން ކުޑަކުދީންނަށް ހޯދައިދީ އެކުދީންނަށް އުފާވެރި މާހައުލެއްގައި ހިތްހަމަޖައްސާލުމުގެ ވަގުތު ކޮޅެއް ހޯދައިދިނުމުގެ ގޮތުން ރަށުގެ އަންހެންވެރިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ނާޖިޔާ ވިދާޅުވީ އިވެންޓްގައި ކުޑަކުދީންނާ ގުޅޭ ތަފާތު ކުޅިވަރު ސްޓޯލްތައް ބެހެއްޓިފައިވާއިރު އެތަނުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓޯލްތައް ހިމެނޭ ކަމަށެވެ. އަދި މި ހަރަކާތް ބޭއްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ އައްޑޫސިޓީ މަރަދޫފޭދޫގައި ހުންނަ ސެރަމިކްލޭންޑް ކަމަށްވެސް ނާޖިޔާ ވަނީ ފާހަގަކުރައްވައި އެކަމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"މިހަވީރުގައި ކުޑަކުދީން ޝަޢުގުވެރިވާ އެތައް ކުޅިވަރެއް ހިމެނޭނެ. ކުޑަކުދީންނާ ގުޅުންހުރި ތަފާތު ހަރަކާތްތައް ކުރިއަށްދާނެ. އެހެންނަމަވެސް އެތަނަށް ވަދެވޭނީ މާސްކު އަޅައިގެން އައުމުން."

ޖަމީއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ނާޖިޔާ އިތުރަށް ވިދާޅުވިއެވެ.

ހުއަނގުން އިތުރަށް ބުނީ ހަރަކާތް ކުރިއަށްދާނީ ގައިދުރުކަން ބަހައްޓައިގެން، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މާސްކުވެސް އަޅައިގެންކަމަށެވެ. އެހެންކަމުން މިހަރަކާތް ވެގެންދާނީ ގައިދުރުކުރުމާއިއެކު އައު އާއްމުހާލަތާއެކު ދިރިއުޅެން ކުދީން އަޙްލުވެރިކުރުވާނެ ހަރަކާތެއް ކަމަށްވެސް ހުއަނގުން ބުނެއެވެ.

ދުވަސްވަރަކީ ރާއްޖޭގައިވެސް ކޯވިޑް19 ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ދުވަސްވަރަކަށް ވާތީ، ހާލަތާއި ގުޅޭގޮތަށް ކުޑަކުދިން މަސްޢޫލުކޮށްގެން މިއަހަރުގެ އަަޟްހާ ޢީދުގެ މުނާސަބާ ވީހާ ފުރިހަމަޔަށް ކުރިއަށް ގެންދިއުމަށް ހުއަނގުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިއިވެންޓްގައި ބައިވެރިވާ ކުޑަކުދީން އަދި އެކުދީންނާއިކު ވަޑައިގަންނަވާ ބެލެނިވެރިންވެސް މާސްކު އަޅަންޖެހެވެ. އަދި އެވަގުތު ޕާރކަށް ވަދެވޭނީ ހޭންޑް ސެނެޓެއިޒާރއިން ސެނެޓައިޒްވުމަށް ފަހުގައެވެ. ގައިދުރުކަންވެސް ބެހެއްޓިގެން ކުޅިވަރުތައް ކުރިއަށްގެންދާއިރު ހުރިހާކުދިންވެސް އިވެންޓްތެރޭގައި އަންގި ބޭނުންކުރާނެއެވެ. ހަމައެއާއެކު ނިކުންނަ ވަގުތުވެސް ސެނެޓައިޒް ކުރެވޭނެ އިންތިޒާމް ވާނީ ހަމަޖެހިފައެވެ.

މުސްލިމުންނަށް ކޮންމެ އަހަރަކު އެއްފަހަރު ކުރިމަތިވާ އުފާވެރި އަޟްހާޢީދުވަސް މިއަހަރު ފެންނަމުން އަންނަނީ ތަފާތު ގޮތަކަށެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވުމެއްނެތެވެ. ނަމަވެސް ކޯވިޑް19 ފެތުރިފައިނުވާ ރަތް ތަކުގެ މިސްކިތް ތަކުގައި އީދުނަމާދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސަރުކާރުންވަނީ އީދު ދުވަސް އީދުގެ ގޮތުގައި ފާހަނގަ ނުކުރުމަށް އިލްތިމާސް ކުރަފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން