އިނގިރޭސިވިލާތުގެ އިގްތިސާދު މަޑުޖެހި ރިސެޝަނަކަށް ގޮސްފައިވާކަން އެ ގައުމުން އިއުލާންކޮށްފި އެވެ.
އިގްތިސާދީ ރިސެޝަނަކީ ޖެހިޖެހިގެން ދެ މަސް ވަންދެން ގައުމީ އުފެއްދުންތެރިކަން، ޖީޑީޕީ ކުރިއަރާ މިންވަރު މައިނަސްގައި ހުރުމެވެ. އޭގެ މާނައަކީ އިގްތިސާދީ ކުރިއެރުން އެއްގޮތަކަށް ވެސް ނެތި ހައްތަހާ ފަހަތަށް ދިއުމެވެ.
އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތަކާ ބެހޭ އޮފީހުން ބުނީ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު އެ ގައުމުން އަންދާޒާ ކުރިވަރަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށެވެ.
އިގުތިސާދީ ހުރިހާ ދާއިރާތަކެއްހެން މަޑުޖެހި ރީޓެއިލް ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.
ހާއްސަކޮށް މެނުފެކްޗަރިންއާއި ކޮންސްޓްރަކްޝަން އަދި ހޯލްސޭލް ވިޔަފާރިވެސް ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައިފަ އެެވެ.
ހަމަ އެެހެންމެ އިނގިރޭސިވިލާތުގެ ތަކެތީގެ އަގު އިންތިހާއަށް އުފުލި ކަރަންޓާއި ފެނާއި ގޭސް ފަދަ ޚިދުމަތުގެ ބިލުތައް ބޮޑުވެ އާންމުންގެ އަތުގައި ހަރަދުތައް ކުރާނެ ފައިސާވެސް ނެތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އޭގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން އާންމުން ބޭރަށް ވިޔަފާރިކުރަން ނުނިކުތުމަކީ ވެސް ވިޔަފާރި މަޑުޖެހުނު ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު