މާބަނޑުއަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އޭނާގެ މުޅި އާއިލާއެކީ ހައިރިސްކުގެ ހާލަތުގައި އޮތްއިރުވެސް އެޗްޕީއޭއިން ފަރުވާކުޑަކޮށް އިހުމާލުވުން ބޮޑުވުމުގެ ސަބަބުން އެމީހާގެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ.

މާބަނޑު އަންހެނަކާއި އެޗްޕީއޭއިން ގުޅައިގެން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ، މީސް މީޑިއާގައި ދައުރުވަމުންދާ މި އޯޑިއޯގައި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން ބޭތިއްބުމަށް ސަރުކާރުން ހަމަޖައްސާފައިވާ ފެސިލިޓީއެއްގައި މާބަނޑުމީހާ ހުއްޓާ އެޗްޕީއޭއިން އޭނާއަށް ގުޅުމުން ވަރަށް އަސަރާއިއެކު އޭނާގެ އުދާސްތައް ބަންޑުންކޮށްލައި އޭނާ ދައްކާފައިވާ ވާހަކަތައް މި އޯޑިއޯގައި އިވެއެވެ. އެޗްޕީއޭއިން މައުލޫމާތު ހޯދުމަށް އޭނާއާއި ގުޅި ކުއްޖާއަށްވެސް އަންހެން މީހާގެ ވާހަތައް އަޑުއެހުމަށްފަހު ދޭނެ ޖަވާބެއް ނޭގި ހުއްޓުން އަރާފައިވާކަން ފޯނުކޯލުން ހާމަވެއެވެ. މި ފޯންކޯލުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވި ނަމަވެސް މި ފޯންކޯލަކީ ވަރަށްފަހުގެ ތާރީޚެއްގައި ހިނގާފައިވާ ހާދިސާއެއްކަން ދެކެވިފައިވާ ވާހަކަ ތަކުން ކަށަވަރު ކުރެވެއެވެ.

މުޅި މީސް މީޑިއާގައި ދައުރުވަމުންދާ މިކޯލްގައި މާބަނޑުމީހާ ބުނަނީ އާއިލާގެ މީހަކު ޕޮޒިޓިވްވެގެން ގޭގައިތިބި މީހުންގެ ސާމްޕަލްނަގަން އެޗްޕީއޭއަށް ގުޅުމުން އަންނަނީއޭ ބުނުމަށްފަހު ހަބަރެއް ނުވާކަމަށެވެ. އެހެން ހުއްޓާ ގެއިން އިތުރު 3 މީހަކު ޕޮޒިޓިވް ވެ އަދި އޭގެ ފަހުން ގޭގެ އެންމެންވެސް ބަލިވެ ގައިގައި ރިއްސާ ބޮލުގައި ރިއްސާ ކޯވިޑްގެ އަލާމާތްތައްފެންނަމުންދާ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް ތަކުރާރުކޮށް އެޗްޕީއޭގައި އެދުމުންވެސް އަންނަނީއޭބުނެ އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ގޭގައި ތިބި މީހުންގެ ތެރެއިން އެބަހުރި 5 އަހަރު ކުއްޖަކާއި، 9 މަހުގެ ކުއްޖެއް, އަޅުގަނޑުމެން ދެން ބޭނުމެއްނޫން އެކުދިންގެ ނޭފަތަށް ކޮށްޕައި ސާމްޕަލް ނަގާކަށް. އެވޭން އެކުދިންނަށް ޖައްސާކަށް ބޭނުމެއްނޫން. ހުރިހާ ކުދިން ބަލިވެފަތިބީ، މުޅި އާއިލާއަކީ ޑައިރެކްޓް ކޮންޓެކްޓެކޭބުނެ މައުލޫމާތު ދިނިން. މިކަމާއި ތިޔަބޭފުޅުން އަޅާނުލެއްވި. ދެން ސާމްޕަލް ނަގާކަށް ބޭނުމެއްނޫން." މާބަނޑު އަންހެން މީހާ ފޯންކޯލްގައި ބުނެއެވެ.

މާބަނޑުމީހާ ބުނީ އޭނާއަކީ އަންނަ މަހުގެ 27 ވަނަދުވަހު ވިހަން މުއްދަތު ދީފައިވާ މީހަކަށްވާއިރު ދަރިފުޅުގެ ވިންދުބެލުމާއި، ބަލަންޖެހޭ އެހެންކަންކަންވެސް ނުބަލައި ވަރަށް ފަރުވާކުޑަކަމަށް އޭނާ ވަނީ ފޯންކޯލްގައި ބުނެފައެވެ. އަދި އޭނާގެ ހާލަތު މިހާރު ހުރިގޮތުން އެކަނި ހިނގައި އުޅެން އުދަގޫވުމުން އެކަމުގެ އުދަގޫތަކުގެ ވާހަކަތައްވެސް ހިއްސާ ކުރިއެވެ.



"އަޅުގަނޑަކީ މާބަޑުމީހެއް. އަންނަ މަހުގެ ފަހުކޮޅު ވިހާގޮތަށް އޮތީ. ދެން ބޭނުމެއްނޫން ސާމްޕަލެއް ނަގާކަށްވެސް. ބުނަން އޮތީ ވަރަށްބޮޑަށް ޝުކުރިއްޔާ އަޅުގަނޑުގެ ބަނޑުގައި ދަރިއެބައޮތް، ފާހާނަޔަށް ދާންޖެހެނީ 3 ފޫޓް 5 ފޫޓް ދުރުމިނުގައި ހުންނަ ތަނަކަށް. އަޅުގަނޑަށް ހިނގެނީކީނޫން." މާބަނޑު މީހާ ބުނެފައިވެއެވެ.

އޭނާ ބުނީ ބަލި ފަތުރެނީ ރައްޔިތުންގެ އިހުމާލުންކަމަށްބުނެ އެޗްޕީއޭއިން ވާހަކަ ދައްކައި ބަޔާންނެރުނަސް މިފަހަރު އެކަން ގަބޫލު ނުކުރެވޭނެކަމަށެވެ. އަދި ރައްޔިތުންނަށް މިހާރު އޮތީ ކޮންމެ ކަމެއްގައިވެސް އިހުތިޖާޖުކޮށް މުޒާހަރާ ކުރުންކަމަށެވެ.

"ބަލި ފެތުރެނީ ރައްޔިތުންގެ އިހުމާލުންނޭ ކިޔާފަ ނޫސްބަޔާން ދެނީ. ކީއްކުރަން މާސްކް އަޅަން މަޖުބޫރުކުރަނީ ދެންނާޅާނަން އެންގިޔަސް. މިހާރު މާމައްޗަށް ދަނީ. ބަލިޖެހިގެން މިތިބޭ ފެސިލިޓީސްގައި އެއްވެސް ރައްކާތެރިކަންނެތް. އަޅުގަޑުމެން ދެން ނިކުންނާއި މަގުމަށްޗަށް" މާބަނޑު މީހާގެ ކޯލުގައި ބުނެފައިވެއެވެ.

މިކޯލް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު، މިކަމާއި ގުޅިގެން އެޗްޕީއޭއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ޕޮޒިޓިވްވާ މީހުން އިތުރުވެ ބަލި ޖެހޭ މީހުންނަށް ދޭންޖެހޭ ސަމާލުކަން އެޗްޕީއޭއިން ނުދޭކަމަށްބުނެ ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޝަކުވާކޮށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން