ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުވަދުއަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ތަހުޤީގު ކުރަމުންދާކަމަށެވެ. އަދި މިމައްސަލާފައި މިހާރު އެރަށުން 46 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ އިތުރަށް ތަހްޤީގު ކުރަމުންދާކަމަށެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ގއ. ކޮލަމާފުށީގައެވެ. މިމައްސަލައަކީ އިއްޔެ ހަވީރު ހިނގި ހާދިސާއެއް ނަމަވެސް ފުލުހުން މިމައްސަލާގައި ޝާމިލުވާ މީހާ ހައްޔަރު ނުކުރާތީ ކޮލަމާފުށީގައި ވަނީ މުޒާހަރާކޮށްފައެވެ. އެރަށު ޒުވާނުން ނުކުމެ މުޒާހަރާ ކޮށްފައިވަނީ އެރަށުގެ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.

ކޮލަމާފުށިން ޖިންސީ ގޯނާކޮށްފައި ވަނީ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި މިމައްސަލާގައި އުމުރުން 46 އަހަރުގެ ދިވެހި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން