މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ފޮޓޯ:މަޖިލިސް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ފޮޓޯ:މަޖިލިސް
އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ގެނެވޭނީ އިހުލާސްތެރި ނިޔަތެއް އޮވެގެން ކަމަށާއި، މިސަރުކާރުގައި މިކަންކަން ހައްލުކުރެވޭ ވަރުގެ ހިއްވަރެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރަން އެކުލަވާލާފައިވާ ހާއްސަ އެކްޝަން ޕްލޭނުގެ މަސައްކަތް އަލުން ފަށައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ހަމަޖެއްސިކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިމައްސަލަ ހައްލުނުވަނީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭރުން ހިންގާ އަމަލުތައް މިހާރަކަށް އައިސް އިތުރުވަމުން ދާތީކަމަށެވެ.

ޚާއްސަކޮށް ޤަވާއިދުތަކާއި ޤާނޫނުތަކުގެ ބޭރުން ހިންގޭ ކަންކަމުގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވިގެންވާކަމީ މިފަދަ މައްސަލަތައް ހައްލުކުރުމަށް އޮތް އެންމެބޮޑު ހުރަސްކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަޔަކީ ޤައުމީ ބޮޑު މައްސަލައަކަށްވާއިރު މައްސަލަ ހައްލުކުރުމުގެ އެންމެ އިހުލާސްތެރި ނިޔަތެއް އޮންނަންވާނީ ސަރުކާރުގައި ކަމަށްއާދަމް ޝަރީފް ވިދާޅުވިއެވެ.

"ހިއުމަން ޓްރެފިކިން ރާއްޖޭގައި ކޮންޓްރޯލް ނުވަނީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރާތީ. ނަތީޖާއެއް ނެރެވޭނީ އިހުލާސްތެރި ކަމަކާއިއެކު ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކޮށްގެން. އެ ހިއްވަރު ސަރުކާރަކު ނެތް" އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އެކުލަވާލި ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރާނީ، މީގެ ހަތަރު އަަހަރު ކުރިން ރާއްޖެ އެއްބަސްވި އދ.ގެ ހިއުމަން ޓްރެފިކިން ކޮންވެންޝަންގައިވާ ކަންތައްތަކާ އެއްގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ޖަމިއްޔާގެ ސިޔާސަތުތަކާ އެެއްގޮތަށް ވިކްޓިމްސް އަށް ރައްކާތެރިކަން ފޯރުކޮށްދޭން ސޯޝަލް ސަޕޯޓް ސާވިސް ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ކަމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރިއަށް ގެންދާނީ "ނެޝަނަލް އެންޓި-ޓްރެފިކިން ސްޓިއަރިން ކޮމިޓީ"އިންނެވެ. ކޮމިޓީގެ މަސައްކަތް ދެ އަހަރު ދުވަހު މެދުކަނޑާލާފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރުންނެވެ. ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބޯޑަރު ބެލެހެއްޓުން ހަރުދަނާ ކުރުމާއި އެ މަސައްކަތުގައި ބައިވެރިވާ އޮފިސަރުންނަށް އިތުރު ތަމްރީން ދިނުން ހިމެނެ އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ލައްކައަކާ ގާތް ކުރާއިރު މީގެތެރެއިން ސައްޙަ އެއްވެސް ލިއުމެއްނެތި އުޅޭ މީހުން 60 ހާހުން މައްޗަށް އަރާނެ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ. މީގެ ތެރެއިން ގިނަ މީހުން މިހާރު ސަރުކާރުން ފައްތަނީ އިންސާނީ ވަގުފާރީގެ ގިންތިއަށެވެ. އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ދީ ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މިހާރުވަނީ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ.

މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މިހާ ބޮޑުވެފައިވަނީ ނިމިދިޔަ ސަރުކާރުން އެކަމަށް އިހުމާލުވެ ބައެއް އިސް ބޭބޭފުޅުން އާމްދަނީ ހޯދުމަށް ވިޔަފާރިއެއްގެ ގޮތުގައި އެކަން ކޮށްފައިވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


4

އަލީ ޝަރިފު

01-Aug-2020

އިންސާނީ ވަގު ފާރި އުފައްދާ ކުރި އަރުވާ ދަމަހައްޱަން މަސައްކަތް ކުރި އަދި ކުރާ ބައެއް ތީ އިންސާނީ ވަގު ފާރި ހުއްޱުވަން އުޅޭތީވެ ކަންބޮޑުވެގެން ތެޅެނީ. އެހެން ވެސް ވާނެދޯ


1

މަށޭކިޔާހޭ

01-Aug-2020

މިލިޔަނުން ފައިސާ ނަގައިގެން ހާހުން ލައްކައިން މީހުން އެތެރެ ކޮށް މިބޮޑުޖަރީމާ ހިންގީ އެހެންބައެއް ޒިންމާވެ ޚަރަދު ކޮށްފަ އެމީހުން ބޭރަށް ފޮނުވާލަން މިޖެހުނީ އެހެންބަޔަކާ .ބޮޑުކާރިސާއެކޭ ހެޔޮނުވާނެ އޭ މިކިޔަނީ ޖަރީމާހިންގި މީހުން .


8

މަށޭކިޔާހޭ

01-Aug-2020

މިލިޔަނުން ފައިސާ ނަގައިގެން ހާހުން ލައްކައިން މީހުން އެތެރެ ކޮށް މިބޮޑުޖަރީމާ ހިންގީ އެހެންބައެއް ޒިންމާވެ ޚަރަދު ކޮށްފަ ބޭރަށް ފޮނުވާލަން މިޖެހުނީ އެހެންބަޔަކާ .ބޮޑުކާރިސާއެކޭ ހެޔޮނުވާނެ އޭ މިކިޔަނީ ޖަރީމާހިންގި މީހުން .


25

މަށޭކިޔާހޭ

01-Aug-2020

މިސްކިތުހުޅުޖެހި މީހާ އަށްތިވަނީ މަށޭކިޔާހޭ 2013 އިން 2018 އަށް5 އަހަރު އެއްލައްކަ ދިހަހާސް ބޭރުމީހުންއެތެރެ ކުރިއިރު ނެޝަނަލް އެންޓި-ޓްރެފިކިން ސްޓިއަރިން ކޮމިޓީ ގަދަ ނިދީގައި ނިދާފަ. ފަސްއަހަރު ފަހުން ހޭލާފަ ތިކިޔަނީ މަށޭކިޔާހޭ .


14

މަށޭކިޔާހޭ

01-Aug-2020

ހަމައެއް ލަމައެއް ނެތި އެތެރެ ކުރެވުނު ގޮތަކަށް ބޭރުމީހުން ހާހުން ލައްކައިން އެތެރެކޮށް މުޅިމިގަވްމު ފުރާލި ޖަރީމާ ހިންގިމީހުން ކޮބާހޭ ހޯދާފިޔަވަޅު އެޅުން ލަސްވެއްޖެ.2016 އިން 2018 ދެއަހަރު ތެރޭ 60,000 ބޭރުމީހުން ބޮޑުވަރު ދޯ.


18

ބޮހަލާކު

01-Aug-2020

ސަރީފޫ މިދިޔަ 5 އަހަރު ވެރިކަމުގަ ތިބިބަޔަކު އެނގޭތަ އަޅެ ނިކަން ހަނދާން ހުރިއްޔާ ބުނެލަދީބަލަ އަހަރެން ހަނދާންވާގޮތުގަ ޔާމީން ކިޔާމީހަކު ހުރީ ޑިފެންސް މިނިސްޓަރަކަށް ހުރީ ކާކު ކަމެއް މަ ހަނދާނެއް ނެތް ޝަރީފު އަށް އެނގޭތަ ބޮއެހަލާކު


16

ސަރުމީލާ

01-Aug-2020

ލިބުނު ފަސް އަހަރު ކޮންކަމެއްތޯ ކުރެއްވީ އަނގަ ވީދެން ލަދު ވެތިވެބަލަ ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަ ނެތީއޭ ދަވާލި ގުރޫޕުގަ



ޓްރެންޑިން