ހއ. އިހަވަންދޫން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ "ޓޫފޯޓޫ" ނަމަކަށް ކިޔާ ބޯޓުގެ ކޭޝިއަރުކަމަށެވެ. މިބޯޓު އިހަވަންދުއަށް ދިޔައީ މީގެ ތިން ދުވަސްކުރިންކަމަށާއި، އޭނާގެ ބަލީގެ އަލާމާތް ހުރެގެން ޓެސްޓްކުރީ އޭނާ އަމިއްލައަށް އެދިގެންކަމަށްވެސް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ރޭގެ ވަގުތެއްގައި ސާމްޕަލް ނަތީޖާ ލިބުނުއިރު އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިއާއެކު އޭނާއާއި ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތް ނުވަތަ ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަމަށްވެސް އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.
އިހަވަންދޫން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ ބުދަ ދުވަހު ވަނީ އެއަތޮޅު ކެލާ ބޯޓެއްގެ ކައްޕިއަކުވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ އާއި ކޮންޓެކްޓްވި އިތުރު ނުވަ މީހަކުވެސް އެރަށުން ޕޮޒިޓިވްވެފައިވެއެވެ. އިހަވަންދޫގެ އިތުރުން އަތޮޅުތަކުގެ ނުވަ ރަށަކުން ކޯވިޑް-19ގެ ކޭސްތަކެއް ފެނިފައިވާއިރު އެރަށްތައްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ލޮކްޑަައުންކޮށްފައެވެ.
މީގެ އިތުރުން ބ.އޭދަފުށިންވެސް އިތުރު މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ އެއަތޮޅު ފިނޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއްކަމަށް އެދަފުށީ ކައުންސިލުން ބުނެ އެވެ. ބ.ފިނޮޅުގައި މަސައްކަތްކުރާ ހަތަރު މީހަކުވެސް މީގެ ކުރިން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ބަންގްލަދޭޝްގެ މީހަކާއި އިންޑޮނީޝިއާގެ 3 މީހެކެވެ. ބ.އޭދަފުށްޓާއި ފިނޮޅުވެސް މިވަގުތު އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު