ތަޖުރިބާކާރު އިންފެޝަޝް ޑިޒީޒް ސްޕެޝަލިސްޓް، އެންތޮނީ ފައުޗީ: އެމެރިކާގެ ސީނިއަރ އެޑްވައިސަރ ޓު ޕްރެޒިޑެންޓް ޓްރަމްޕް އޮން ކޮވިޑް
ތަޖުރިބާކާރު އިންފެޝަޝް ޑިޒީޒް ސްޕެޝަލިސްޓް، އެންތޮނީ ފައުޗީ: އެމެރިކާގެ ސީނިއަރ އެޑްވައިސަރ ޓު ޕްރެޒިޑެންޓް ޓްރަމްޕް އޮން ކޮވިޑް
ކޮރޯނާވައިރަސްއަށް އުފައްދާ ވެކްސިން މުޅި ދުނިޔެއަށް އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި އިންޑިޔާއިން މުހިއްމު ރޯލެއް އަދާ ކުރެވޭނެ ކަމަށް އެމެރިކާގެ ސީނިއަރ އެޑްވައިސަރ ޓު ޕްރެޒިޑެންޓް ޓްރަމްޕް އޮން ކޮވިޑް، ތަޖުރިބާކާރު އިންފެޝަޝް ޑިޒީޒް ސްޕެޝަލިސްޓް އެންތޮނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ވީޑިއޯކޯލް މެދުވެރިކޮށް އިންޑިޔަން ކައުންސިލް ފޯރ މެޑިކަލް ރިސާޗުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައުޗީ ވިދާޅުވީ އިންޑިޔާއިން އުފެއްދި ދެ ވެކްސިނެއް ކަމަށްވާ މޮޑާނާ އަދި ފައިޒާ އިންސާނުންނަށް ހެދި ޓްރައިލް ޓެސްޓުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މިހާރު އެ ދެ ވެކްސިންވެސް ދެވަނަ މަރުހަލާގައި ބަލަންޖެހޭ ބެލުންތައް ބަލަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ޓްރައިލް އިތުރަށް ކުރިއަށް ގެންދިޔުމަކީ މިހާރު އެހާ މުހިއްމު ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒެސްގައި އިސްކޮށް ހުންނަވާ ފައުޗީ އިތުރަށް ވިދާޅުވިގޮތުގައި ޓްރައިލް ޓެސްޓުގައި ބައިވެރިވުމަށް ވޮލަންޓިޔަރކޮށްފައިވާ މީހުންގެ ގަޔަށް ވައިރަސްގެ ކުޑަ މިންވަރެއް ފޮނުވުމަށް ފަހު، ވެކްސިން ޓެސްޓް ކުރުމުން ލިބޭ ނަތީޖާ މާއަވަސް ވާނެކަމުގައެވެ.

އިންޑިޔާއަކީ މެޑިސިން ސަޕްލައި ކުރުމުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމަކަށް ވުމުން، މިވެކްސިން ފާސް ވުމުން އެ އުފައްދައި އާންމުންނާ ހިސާބަށް ފޯރު ކޮށްދިނުމުގައި އިންޑިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ކޮންފެރެންސްގައިވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ސިއްޙީ މާހިރުންނާއި އަދި އެކި އިންސްޓިޓިއުޓްތަކުގެ ރިސާރޗަރުން ބައިވެރިވެވަޑައިގެންނެވި މި ކޮންފަރެންސްގައި ސައިންސްވެރިން ހާމަކުރި ގޮތުގައި މެލޭރިޔާ އަދި ޑެންގޫ ފަދަ ބަލިތަކަށް ވެކްސިން ތައްޔާރުކޮށް އާންމުންނަށް ނެރެފައިވަނީވެސް އެގޮތަށް އިންސާނުންނަށް އެބަލީގެ މިންވަރެއް ހަށިގަނޑަށް ދޫކުރުމަށްފަހު އޭގެފަހުން ޓެސްޓް ކުރުމަށް ފަހު އެވެ.

ނަމަވެސް ކޮވިޑް19އަކީ ނޮވެލް ވައިރަސްއަކަށް ވުމުން ސިއްހަތަށް ރަނގަޅު ވޮލަންޓިޔަރުންގެ ސިއްޙަތަށް ނުރައްކާ ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން