ށ. މިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން ކެމްޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިލަންދޫގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނަ އިން 10 ވަނަ އަށް ވެސް އޮތް އެއާޕޯޓު އިރާދަކުރެއްވިއްޔާ އަޅައި ދޭނެ ކަމުގެ %100 ޔަގީންކަން ދެން. އެއީ ހަގީގަތަކަށް ހަދައިދޭނެ ކަމެއް އިރާދަކުރެއްވިއްޔާ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެރަށުގެ ހޮސްޕިޓަލާއި މަގުތައް ހެދުމާއި އިންޑޯ އާއި އައުޓްޑޯ އެކި ކަހަލަ ކުޅިވަރުތައް ކުޅޭ ކޮމްޕްލެކްސްއެއް އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާ އެކަން ވެސް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިލަންދޫއަށް ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްޓަކައި ވެފައިހުރި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ. އަދި އެވައުދުތައް ވަނީ ފޮތެއްގައި ލިޔެ އާންމުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްގީ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި ރައްޔިތުން އެހީތެރިވުމަށް ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ބާރު ސްޕީޑްގައި އެ މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށް ވިދާޅުވެ އާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

President Dr @MMuizzu arrived on Sh. Milandhoo Island as part of his six-day visit to some Islands of the HA, HDh, Sh and N atolls. The island community extended a hearty welcome to the President and his delegation upon their arrival. pic.twitter.com/XfSi3sDO3D
— The President's Office (@presidencymv) February 27, 2024
"މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް އެއްވަނަ އިން 10 ވަނަ އަށް ވެސް އޮތް އެއާޕޯޓު އިރާދަކުރެއްވިއްޔާ އަޅައި ދޭނެ ކަމުގެ %100 ޔަގީންކަން ދެން. އެއީ ހަގީގަތަކަށް ހަދައިދޭނެ ކަމެއް އިރާދަކުރެއްވިއްޔާ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެރަށުގެ ހޮސްޕިޓަލާއި މަގުތައް ހެދުމާއި އިންޑޯ އާއި އައުޓްޑޯ އެކި ކަހަލަ ކުޅިވަރުތައް ކުޅޭ ކޮމްޕްލެކްސްއެއް އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާ އެކަން ވެސް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިލަންދޫއަށް ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްޓަކައި ވެފައިހުރި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ. އަދި އެވައުދުތައް ވަނީ ފޮތެއްގައި ލިޔެ އާންމުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްގީ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި ރައްޔިތުން އެހީތެރިވުމަށް ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ބާރު ސްޕީޑްގައި އެ މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށް ވިދާޅުވެ އާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު