މިސްރުގެ ސަރުކާރުން ޣައްޒާގައި ތާށިވެފައިވާ އުރުދުންގެ ރައްޔިތުންގެ ތެރެއިން އިތުރު 61 މީހަކަށް ރަފާހް ބޯޑަރު ހުރަސް ކުރަން ހުއްދަދީފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި ތާށިވެފައިތިބި އުރުދުންގެ ރައްޔިތުން އަނބުރާ އުރުދުން އަށް ގެނައުމުގެ މަސައްކަތް، އުރުދުން އަދި މިސްރުގެ ސަރުކާރާ ގުޅިގެން މިދިޔަ އަހަރުއްސުރެން ދަނީ ކުރެވެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް މިސްރުގެ އެހީގައި ޣައްޒާގައި ތާށިވެފައިވާ އުރުދުންގެ ރައްޔިތުންގެ ތެރެއިން 1200 އަށް ވުރެން ގިނަ މީހުން ވަނީ ބޯޑަރު ހުރަސްކުރަން ރެޖިސްޓްރީވެފައެވެ. މީގެ ތެރެއިން އަދި ބޯޑަރު ހުރަސްކޮށްފައިވަނީ 764 މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުރުދުންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސުފްޔާން ކުދާހް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ރަފާހް ބޯޑަރު ހުރަސް ކުރުމާއެކު، މިސްރު ސަރުކާރުގެ ބެލުމުގެ ދަށުން އެމީހުން އުރުދުންނަށް ދަތުރުފަށާނެކަމަށެވެ. އެގޮތުން ބޯޑަރު ހުރަސް ކުރުމަށް ހުއްދަ ލިބިފައިވާ 61 މީހުން ރަފާހް ބޯޑަރު ހުރަސް ކރުރުމާއެކު މިސްރުގައި ހުންނަ އުރުދުންގެ އެންބަސީގެ މުވައްޒަފުން، ބޯޑަރު ހުރަސްކުރާ ރައްޔިތުންނަށް ސިއްހީ އެހީ ފޯރުކޮށްދީ، އެމީހުންނަށް ބޭނުންވާނޭ ދަތުރުފަތުރާއި އެހެނިހެން އިންތިޒާމްތަށްވެސް ހަމަޖައްސައި ދިނުމަށް ހަރަކާތްތެރި ވަމުން ދާނެ ކަމަށް ތަރުޖަމާނުު ސުފްޔާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން