އަލްމަޝްޢަރު ގުރޫޕްގެ މަސްއޫލުވެރިންގެ މައްޗައް ދަޢުވާކުރަންޖެހިދާނެ ކަމުގެ އިންޒާރު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ދެއްވައިފިއެވެ.
ފިރާޤު މިމޭރުމުން ވިދާޅުވީ ހައްޖާއި އުމްރާއަށް މީހުން ގެންގޮސްދިނުމުގެ ހިދުމަތް ދޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލައެއް މީސް މީޑިއާއަށް ފެންމަތި ކުރަށްވަމުންނެވެ. އަލް މަޝްއަރު ގްރޫޕަށް ސްރީލަންކަން އެއާލައިންސް އާއި ގަތަރު އެއާވޭސްގެ ޓިކެޓު ވިއްކީ ފިރާޤުގެ ޓްރެވެލް އެޖެންސީންނެވެ.
އެކަމާގުޅިގެން ފިރާޤު ވިދާޅުވެފައިވަނީ ރާއްޖޭން ޢުމްރާއަށްދިޔަ އުމްރާވެރިންގެ ބަޔަކަށް ރާއްޖެ އެނބުރި ނާދެވި ތާށިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެގޮތަށް އެކަން ދިމާވީ އެންމެ ފަހު ވަގުތު ފައިސާ ދެއްކުމަށް އަލްމަޝްޢަރު ގްރޫޕުން ދިން ޗެކުތައް ބައުންސްވުމުން ކަމަށެވެ.
ފިރާޤު ވިދާޅުވީ އަލްމަޝްޢަރު ގުރޫޕްގެ މަސްއޫލުވެރިންގެ ފަރުވާކުޑަކަމުގެ ސަބަބުން 50 ދިވެހިން ރާއްޖެ ނާދެވި ތާށިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ އިތުރަށް އަލް މަޝްއަރު ގްރޫޕުން ސައުދީ އެއާލައިންސް އާއި އެމިރެޓްސް އިން ޢުމްރާއަށް ގެންދިޔަ 100 އެއްހާ މީހުނަށްވެސް ހަމަ މިމައްސަލަ ދިމާވެފައި ވާކަމަށް ފިރާޤު ވިދާޅުވިއެވެ.
ހަމައެއާއެކު އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަލީ ފާރިޝްގެ ފަރާތުން ކޮންމެ ދުވަހަކު އީމެއިލް ލިބެމުން ދިޔަ ނަމަވެސް ފައިސާ ލިބުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވާކަންވެސް ފިރާޤު ފާހަގަކުރެއްވިއެވެ.
“ވިޔަފާރިއެއްގެ ގޮތުގައި އަޅުގަނޑުމެން އިސްކަންދޭ ކަމަކީ އަޅުގަނޑުމެންގެ މަޞްލަޙަތު ރައްކާތެރިކުރުން ކަމަށްވީ ނަމަވެސް، ޢުމްރާގެ އަޅުކަމަށް ގޮސްތިބި ފަރާތްތަކުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ފައިސާ ދެއްކުމުގެ ފުރުޞަތުތަކެއް ދެވިއްޖެއެވެ. އަޅުގަނޑުމެންގެ ކެތްތެރިކަން އޭގެ ހައްދަށް ވާޞިލުވެއްޖެއެވެ.” ފިރާޤު ވިދާޅުވެފައިވެއެވެ.
ފިރާޤުގެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދުވެސް މިލިއަނަކަށް އަރާނެކަން ފާހަގަކުރަށްވަމުން ފިރާޤު އިތުރަށް ވިދާޅުވީ މިހާރު މަޖުބޫރުވެފައިވަނީ އެކުންފުނީގެ ސިޔާސަތަށް ތަބާވެ، އަންނަ ހޯމަ ދުވަސް އެއީ އެންމެ ފަހުގެ މުހުލަތު ކަމަށް ބަލައި، ޓިކެޓުތަކުގައި ދަތުރު ނުކޮށް އޮތް ސެކްޓަރ ކެންސަލްކޮށް، ކުންފުންޏަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.
“އަދި އިތުރު ގޮތެއް މިކަމުގައި ނުފެނިއްޖެނަމަ ބައުންސްވެފައިވާ ޗެކުތަކަށް ރިޢާޔަތްކޮށް، މަކަރާއި ޙީލަތުގެ ދައުވާ އެގްރޫޕާއި އެގްރޫޕުގެ މަސްއޫލުވެރިންގެ މައްޗައް އުފުލުމެވެ.” ފިރާޤު ވިދާޅުވިއެވެ.
ފިރާޤު ވަނީ ރަމަޟާންމަހު، ޢުމްރާ ދަތުރަކާ ގުޅިގެން މިފަދަ މައްސަލަތަކެއް ދިމާވިކަމަށްޓަކައި ޢުމްރާވެރިންގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލްގައި ވާގޮތުން އަލްމަޝްޢަރު ގުރޫޕްގެ ޙިއްސާދާރުންނަކީ ޢަލީ ފާރިޝް އާއި މޫސާ ޔާމީންއެވެ.

ކިޔުންތެރިންގެ ހިޔާލު