ނިދާފައި އޮތް މީހެއްގެ ރަން ފަށް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ އުޅުނީ އިންޑިއާ މީހެއްގެ ކަންފަތުލާ މުންޖާއި އަދި ރަން ފަށް ފޭރެންށެވެ.

ނަމަވެސް އެ ގޭ މީހުން އޭނާ ހިފެހެއްޓީ އެވެ. އަދި ފުލުހުން ސީންއަށް ދިޔައިރުވެސް އޭނާ ހުރީ ހިފަހައްޓައިފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ފޭރެން އުޅުނުކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

އޭނާއަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

އޭނާގެ ބަންދަށް މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން