ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މި ގަރާރު ފާސްވީ ހާޒިރުވެތިއްބެވި 41 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރުގައި އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އެ ގައުމުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިސްރާއީލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ވަނީ ގޮވާލާފައެވެ.
މިފަދަ ގަރާރެއް މަޖިލީހުން ފާސްކޮށްފައިމިވަނީ އެކަމަށް ދިވެހީންގެ ގިނަ ބަޔަކު ގޮވާލަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ރާއްޖެއަކީ އިޒްރޭލާއިއެކު ރަސްމީކޮށް ގުޅުން ބާއްވާ، އެގައުމުން މުދާ އެތެރެކުރާ ގައުމަކަށް ނުވި ނަމަވެސް އެގައުމުގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި މަދުން ނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އިޒްރޭލުން އަތްގަދަކޮށް ކޮންޓްރޯލުކޮށް ބަންދުކޮށްފައިވާ ފަލަސްތީނުގެ ގިނަ ރައްޔިތުން ވެސް ގެންގުޅެނީ އިޒްރޭލުގެ ޕާސްޕޯޓް ކަމަށްވާތީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި ނަމަ އެކަމުގެ ނޭދެވޭ އަސަރު އިޒްރޭލުން ބޯޑަރުތައް ކޮންޓްރޯލުކޮށް ބަންދު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ބައެއް ފަރާރްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު