ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެހާ ޒާތީވެގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަމަށް ހިތްވަރު ދެއްވާތީތޯ ރައީސް ޔާމީން ސުވާލު ކުރައްވައިފި އެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ވެސް އަދި ނިމިގެން ދިޔަ ސަރުކާރުގައި ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ވެސް އަބްދުއް ރަހީމް ފާހަގަ ކުރެވުނީ ރައީސް ޔާމީންގެ އެންމެ ވަފާތެރި ބޭފުޅާގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ފަހުން އަދުރޭއާއި ރައީސް ޔާމީންގެ ގުޅުން ވަނީ ކެނޑިފަ އެވެ. އަދި ފަހަކަށް އައިސް އަދުރޭ ދަނީ ރައީސް ޔާމީނަށް ބަަހުގެ ހަމަލާތައް ދެއްވަމުން ނެވެ. އަދި މިހާރު ރައީސް މުއިއްޒުގެ އެންމެ ބޮޑު ވަފާތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އަދުރޭ އެވެ.

ރައީސް ޔާމީންގެ ޕާޓީ. ޕީއެންއެފުން ރޭ ބޭއްވި ހަރަކާތުގައި އެމަނިކުފާނު ވަނީ އަދުރޭ އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ދައްކަވަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އަދި އެމަނިކުފާނާ ޒާތީވެގެން އުޅުއްވަނީ އަދުރޭ ކަަަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެެހެން ނަމަވެސް އަދުރޭ ކިޔައިގެން އެމަނިކުފާނަށް ވެސް ކިތަންމެ ވާހަކައެއް ދެއްކެވޭނެ ކަމަށާއި އެކަމަކު އެފެންވަރަށް ނުވެއްޓޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ ރާގު ތަފާތެވެ. އަދި އެމަނިކުފާނާ ގުޅޭ ގޮތުން ދައްކަވަނީ މުޅިން ތަފާތު ވަާހަކަތަކެކެެވެ. އެހެންވެ މިއީ ސީދާ ރައީސް މުއިއްޒު އެމަނިކުފާނާ ސީދާ ޒާތީނުވެ އަދުރޭއަށް ހިތްވަރު ދެއްވައިގެން ކުރައްވާ ކަމެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން