އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ސިޓީގެ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ އިފްތިތާހުކޮށްފިއެވެ.

އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ، ސީއެންއީއީސީގެ މަންދޫބެކެވެ.

ހަންކެޑެ ތަރައްގީކުރަން ހިންގާ 142.9 މިލިއަން ޑޮލަރުގެ މި މަޝްރޫއު ސީއެންއީއީސީ އާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރޗް 30 ގައެވެ.

މި މަޝްރޫއުގެ ދަށުން ހަންކެޑެގައި އެކި ފަންތީގެ 2082 ޓޫރިސްޓު އެކޮމޮޑޭޝަން، ފެސިލިޓީތަކެއްގެ ގޮތަށް ގާއިމުކުރާނެއެވެ. އެއީ 600 އެނދުގެ ދެ ގްރޭންޑް ހޮޓެލް، 320 އެނދުގެ ދެ ޑިލަކްސް ހޮޓެލް، 560 އެނދުގެ އަށް ބުޓީކް ހޮޓެލް، 560 އެނދުގެ އަށް ސާވިސްޑް އެޕާޓްމަންޓު، 32 އެނދުގެ އަށް ބީޗް ވިލާ އަދި 72 އެނދުގެ ނުވަ ބީޗް ވިލާއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ރައީސް މުޢިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ އެ މަޝްރޫއުގެ މަސައްކަތް ފައްޓަވާ ނަތީޖާ ދައްކަވާނީ އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ 2021 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ދައްކަމުންދާ ވާހަކައެއްކަމަށާ ނަމަވެސް އެމްޑީޕީއަށް އޭގެ އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން