ޣާޒާ ރިލީފް ފަންޑަށް އެޗްޑީސީން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މި ފައިސާ ޣާޒާއަށް ހަދިޔާ ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެެވެ.
އައިއޭސީން ބުނީ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިން އެހީ އޭގެ ހައްގުވެރި ފަރާތަށް ފޯރުކޮށްދިނުމަށްފަހު އެކަމުގެ ތަފްސީލު ހާމަކުރާނެ ކަމަށެވެ.
ޣާޒާއަށް އެހީވުމަށްޓަކައި އެޗްޑީސީން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާއިރު ޣާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރު ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.
އިޒްރާއީލުން މެދުނުކެނޑި ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމުވެ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ.
އަދި ކާނާއާއި ބޯފެނަށް ޖެހި ބަނޑުހައިހޫނުކަން އާންމުވެފައި ވާއިރު އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު