ކުރީގެ ރައީސް ޔާމީން މިނިވަންކޮށް ރައީސް ޑރ. މުއިއްޒު ވަޢުދު ފުއްދަވައިފިކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ތެރެއިން ރިޝްވަތުގެ މައްސަލައިގައި އިއްވި ހަތަރު އަހަރުގެ ހުކުމް ހައިކޯޓުން ބާތިލްކުރުމުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރާއި އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރާއެކު ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށާއި އަދި އޭގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެެެވެ. މިކަމަށް ރިއާޔަތްކޮށް ދަށު ކޯޓުގެ ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން، ހީނާ ވިދާޅުވީ، މިއަދު ހާމަވެގެން އެދިޔައީ ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަމަށާއި، މިއަދު ރައީސް ޔާމީން މިނިވަންވެގެން އެދިޔައީ ޝަރުޢީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތިކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދު ފުއްދަވައިފިކަމަށް ހީނާ ވިދާޅުވިއެވެ.
"މިއަދު ރައީސް ޔާމީން މިނިވަންވެގެން އެދިޔައީ ޝަރުޢީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތި. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވަޢުދުފުޅު ފުއްދަވައިފި. ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއްނެތްކަން ވަރަށް ސާފުކޮށް ސާބިތުވެއްޖެ."
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މިއަދު ހާމަވެގެން އެދިޔައީ ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން. ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތުން މަޙްރޫމްކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސީދާ އެމްޑީޕީންކަން. އަދި އެއްވެސް ލުޔެއްނުދީ… pic.twitter.com/bNPI6at7sD
— Heena Waleed 🇲🇻 (@HeenaWaleed) April 18, 2024
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު