މި ސަރުކާރު ވައްޓާލަން ރައީސް ޔާމީން އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން އިއްޔެ ބާތިލް ކުރުމާ ގުޅިގެން ރައީސް ޔާމީން އިއްޔެ ވިދާޅުވީ މަޖިލީސް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއާއެކު ބައެއް މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން ޒައިދު ވިދާޅުވީ އެންމެ ރީތިގޮތަކީ ރައީސް ޔާމީން ރައީސް ޑރ. މުޢިއްޒުގެ އަރިހުން މާފަށް އެދިވަޑައިގަތުމަށްފަހު ޝުކުރު ދެންނެވުން ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީންގެ އެންގެވުމާ އެއްގޮތަށް ޕީޕީއެމުން ބޮއިކޮޓް ކުރިނަމަ ކޯޓުތައް މިނިވަން ނުވާނެ ކަމަށާއި މިއަދުވެސް ރައީސް ޔާމީން ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޒައިދު ވިދާޅުވިއެވެ.

“އެ ހެޔޮކަން ބޮލާލައި ޖަހައި ސަރުކާރު ވައްޓާލަން މިހާރު އުޅުއްވުން ބަލައެއް ނުގަނެވޭ.” ޒައިދު ވިދާޅުވިއެވެ.



ޒައިދު މި މޭރުމުން ވިދާޅުވެފައި ވާއިރު ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިދިޔަ 1250 ދުވަސް ވަންދެން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު ރައީސް ޔާމީން މިނިވަން ކޮށްފައިވަނީ އިއްޔެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބަޗީ

25-Apr-2024

ރައްޔިތުންގެ މައްޗަށް ވެރިކަންކުރެއްވުމަށް ރައްޔިތުން، ދައުރެއް މަތިކުރުމަކީ ޢުމުރަށް ހުންނަންޖެހޭ ކަމަށް ޤަބޫލުކުރެވުމަކީ މުޑުދާރު ކަމެއް. ރައްޔިތުންނާއި ގައުމުދެކެ ލޯބިފުޅުވާ ބޭފުޅަކުނަމަ ވެރިއަކަށް ހުންނެވި ބޭފުޅަކާއި އެކު ގައުމު އާރާސްތުކުރުމާއިގެން ކުރިޔަށް ވަޑައިގަންނަވާނީ.



ޓްރެންޑިން