މޫސުމީ ބަދަލާއި ކޯވިޑް-19 ގެ ސަބަބުން ރާއްޖެ ވަނީ ނާޒުކު ޙާލަތަކަށް ވެއްޓިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ "އާރތު ޑޭ" އާ ގުޅިގެން ރަައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށެވެ.
"މޫސުމީ ބަދަލާއި ކޯވިޑް-19 ގެ ބަލިމަޑުކަން އެކުވުމުން، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައިި. މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ،" ރައީސްގެ ޓްވީޓްގައި ވެއެވެ.
މީގެ ކުރިން ރާއްޖޭގައި "އާރތު ޑޭ" ކުލަގަދަކޮށް ފާހަގަކުރި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މިއަހަރު ރަސްމީ ސިފައެއްގައި މިދުވަސް ފާހަގައެއް ނުކުރެއެވެ. "އާރތު ޑޭ" އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލް 22 ގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
ރާއްޖޭން މިހާތަނަށް ކޯވިޑް-19 އަށް 86 މީހަކު ޕޮޒިޓިވްވެ ބަލި އިތުރަށް ފެތިރުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާއިރު ދައުލަތުގެ އާމްދަނީ ހުއްޓި ރައްޔިތުންގެ އާމްދަނީވެސް ވަނީ ހުއްޓިފައެވެ. މިހާތަނަށް މާލެ އިން މި ބައްޔަށް 66 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު