މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީންގެ ޕީއެންއެފް ތަމްސީލުކުރާ ގިނަ މެންބަރުންތަކެއް މި އިންތިހާބުގައި ވާދަކުރިއެވެ.
ނަމަވެސް، އިންތިހާބުގެ ވަގުތީ ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އޭގެތެރެއިން އެއްވެސް ގޮނޑިއެއް އެ ދެބޭފުޅުންގެ ޕާޓީތަކަށް ލިބިފައެއް ނުވެއެވެ.
ހާއްސަގޮތެއްގައި ޑިމޮކްރެޓްސްގެ ފަރާތުން މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ، މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އިމްތިޔާޒު ފަހުމީ އާއި އީވާ ޢަބްދުﷲ ފަދަ ބޭފުޅުންނަށް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ 71 ގޮނޑި މިހާތަނަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު