އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ އެޖެންޑާއަށް ރައްޔިތުންކުރި އިތުބާރުގެ ނަތީޖާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ. އަދި ސަރުކާރުން ތާއިދުކޮށް ހޮވުނު މެމްބަރުންނާއެކު ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ޕީއެންސީން ހޯދި ކުލަގަދަ ކާމިޔާބީގފެ ފަހަތުގައި ވަނީ ރައީސް މުއިއްޒުގެ ބުރަ މަސައްކަތާއި ރައްޔިތުންގެ ގިނަ ބަޔަކު އަމާން އަމާން ކަމާ ގައުމުގެ ހަމަޖެހުމާ ތަރައްގީއަށް ބޭނުންވެފައިވާލެއް ބޮޑުކަން ކަމަށެވެ.

"މަރުހަބާ [އިންތިހާބުު] ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކުރިން ހެދި ގޯސްތައް ތަކުރާރުވާން ރައްޔިތުން ބޭނުންނުވާކަން އިއްޔެގެ އިންތިހާބުން ދައްކައިދީފައިވާ ކަމަށެވެ.

ހަމައެއާއެކު ރައްޔިތުން ބޭނުންވަނީ ގައުމުގެ ހާލަތު ރަނގަޅުކޮށް އެންމެނަށް ދިރިއުޅެން ރަނގަޅުތަނަކަށް ހެދުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މުއިއްޒުގެ ގެންނަން އުޅުއްވާ ތަރައްގީގެ އެޖެންޑާއަށް ރައްޔިތުން އިތުބުާރު ކުރީ." ޝަރީފް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މި އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ވަރަކަށް ގޮނޑިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން