ފުލުހުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާއި ތިން ފިރިހެނުން ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168، (33އ) އާއި ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، (42އ) އާއި ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ (46އ) އަދި ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ (31އ) ހޯދުމަށެވެ.

ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެމީހުން ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

މި ހަތަރު މީހުން ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 14 ވަނަ ދުވަހުގެ 14:00 އަށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން