އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލޯކް ސަބާގެ ކެންޑިޑެސީ ފޯމު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.

މޯދީ ކުރިމަތިލައްވާފައިވަނީ ލޯކް ސަބާގެ ވަރަނާސީގެ ގޮނޑިއަށެވެ.

ފޯމު ހުށައެޅުއްވުމަށްފަހު މޯދީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަނާސީގެ ތާރީހީ ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކޮއްދެއްވަން ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށެވެ. އަދި ރައްޔިތުންގެ ހެޔޮދުއާއާއި އެކީގައި ފާހަގަ ކުރެވޭ ވަރުގެ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިފައިވާކަން މޯދީ ފާހަގަ ކުރެއްވިއެވެ.



ވަރަނާސީގެ މި ގޮނޑީގެ އިންތިޚާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ޖޫން 1 ގައެވެ. މި ދާއިރާއަށް މޯދީގެ އިތުރުން ވާދަކުރަނީ ކޮންގްރެސް ޕާޓީގެ ފަރާތުން އަޖޭ ރާއި، ބަހުޖަން ސަމާޖް ޕާޓީގެ ފަރާތުން އަތޭރް ޖަމާލް ލާރި އަދި އަމިއްލަ ގޮތުން ކުރިމަތި ލާފައިވާ ޝިޔާމް ރަންގީލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން