ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ރަންވަނަ ހޯދައި، ރާއްޖޭގެ ޓީޓީގެ ތަރި، ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ދީމާ އަށް މަރުހަބާ ވިދާޅުވެއްޖެއެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާއިއެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



ރައީސްގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ ދީމާ ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ އޮލިމްޕިކްސް ގައި ދީމާ އަށް ރަނގަޅު ކާމިޔާބީ އަކަށް އުއްމީދު ކުރައްވާ ކަމަށެވެެ.

އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގައި އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިގެން ކަން ފާހަގަކޮށްލެވެއެވެ. ނޭޕާލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދާފައިވަނީ މިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ވާދަކޮށްގެންނެެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 1-4 ސެޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން