ސަރުކާރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ބިންގާ އެޅިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މި ސިނާޢަތް އިތުރަށް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ސިޔާސަަތުތައް ތަންފީޒުކޮށް، ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ މި 5 އަހަރުގެ އަމާޒުކަމަށް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.



ފައިސަލްވަނީ ރާއްޖެއަށް އާވައްތަރު ތަކުގެ ޓުއަރިޒަމް ތައާރަފްކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެލްތު ޓުއަރިޒަމާއި ސްޕޯޓްސް ޓުއަރިޒަމް ރާއްޖެއަށް ތައާރަފްކުރުމަށް އިސްކަންދެއްވާކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ. އަދި 2027 ވަނަ އަހަރު ނިމެންވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 6 ބިލިއަން ޑޮލަރު ހޯދުމަކީ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން