ހަމާސްގައި އިސްކޮށް ހަރަކާތްތެރިވާ ޔަހްޔާ ސިންވާރް، އަލް ޤަސަމް ބްރިގޭޑްސްގެ ކޮމާންޑާރ އިން ޗީފް މުޙައްމަދު ޑިއަބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔޭ ހައްޔަރު ކުރުމަށް ބައިނަލަޤްވާމީ ކުރިމިނަލް ކޯޓުގައި އެކޯޓުގެ ޕްރޮސެކިއުޓަރަކު އެދިވަޑައިގެންފިއެވެ.

ހަމާސްގެ އިސް އޮފިޝަލުން ހައްޔަރުކުރަން އެދިފައިވަނީ 7 އޮކްޓޯބަރ 2023 ގައި އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ފަލަސްތީނުގައި ކުރިއަށްދާ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައެވެ.

ކުރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް އަޙްމަދު ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަމާސްގެ މި ތިން އޮފިޝަލުންނަށް ދައުވާ ކުރަނީ އިސްރާއީލުގެ އާންމު ރައްޔިތުން 7 އޮކްޓޯބަރ ގައި މެރުމާއި 245 އިސްރާއީލު ރައްޔިތުން ރަޙީނުކުރުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 35000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން