20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެތެރެއިން، މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ ކެންޑިޑޭޓުންނާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މާލީ ބަޔާން ހުށައަޅަން ޖެހޭ މުހުލަތު ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިނުވަނީ 48 ކެންޑިޑޭޓުން ކަމަށެވެ.

މިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއިއެކު އާންމު ބައެއް ފަރާތްތަކުން ކުރި ޝަކުވާއަކީ، ގާނޫނުގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން އޮތްނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނުން ނުކުރާނެކަމުގެ ޝަކުވާއެވެ.



އެއާއި ގުޅިގެން އީސީގެ ރައީސް ފުވާދު ތައުފީގު މިރޭ އެކްސްގައި ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅޭނެކަމަށެވެ.

މާލީ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ހަތްދިހަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދިވެހި ޒުވާނުން

22-Jun-2024

ގާނޫނީ ޒިންމާ އަދާކުރަންޖެހޭނީ ތިވަރުންތޯ ތި ކޮމިޝަންގެ ޒިންމާއެއް ނަގަން ނުކެރިގެންތޯ ތި އުޅެނީ



ޓްރެންޑިން