އުތުރުތިލަފަޅުގައި ހަދާ ދަނޑުވެރިކަމަށް ހާއްސަ އިގުތިސާދީ ސަރަހައްދުގައި ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް ހެދުމަށް ނިންމާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޢައިޝަތު ރަމީލާ ވިދާޅުވީ އުތުރުތިލަފަޅުން ދަނޑުވެރިކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އެ ބިމުގައި ދަނޑުވެރިކަން ކުރަން ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހައިލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަންކުރާނީ 100 ހެކްޓަރުގެ ބިމެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަނޑު ހެއްދުމުގެ އިތުރަށް ފުރަތަމަ ފިޔަވަހީގައި ކުކުޅު ބިސް ޕޯލްޓްރީ ފާރމެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުކުޅުގެ ކާނާވެސް އެތަނުގައި ހައްދައި، ކުކުޅުގެ ސިއްހީ ކަންކަން ބަލަހައްޓާ ފެސިލިޓީއެއް އެތަނުގައި ހެދޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހެއްދޭ ބާވަތުގެ ކާބޯތަކެތީގެ ބާވަތްތައް ހައްދައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަށްވާއިރު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިގުތިސާދީ ސަރަހައްދެއް ގާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު މިދިޔަ މާޗް މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން