ފުވައްމުލަކު ޓައިގަރ ޝާކްޕޮއިންޓް.  (ފޮޓޯ: ޕެލަޖިކް ޑައިވަރސް ފުވައްމުލައް)
ފުވައްމުލަކު ޓައިގަރ ޝާކްޕޮއިންޓް. (ފޮޓޯ: ޕެލަޖިކް ޑައިވަރސް ފުވައްމުލައް)
ފުވައްމުލަކު ޓައިގަރ ޝާކް ޕޮއިންޓަށް ފީނަން ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޓައިގަރ ޝާކްޕޮއިންޓަށް ޑައިވިންގއަށް ދިޔަ ފަތުރުވެރިޔަކު، ޑައިވިންގ ނިންމައި އެރިފަހުން ހާލު ދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން 11:26 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 70 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާދިސާގައި ބަލަން ޖެހޭ ކަންކަން ތަހުގީގު ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން